ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެނެސްގެން ކުރާ ކަންތައްތައް ފަހުން ނުބަލައިފިނަމަ ދައުލަތް ދެމި ނޯންނާނެ ކަމަށް ކުރީގެ ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު، ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޒަރިޔަންދު ވަނީ ސަރުކާރުގެ މިފަދަ އަމަލުތަކަކީ އަމިއްލަ ފައިދާއާއި ކޮރަޕްޝަނަށް މަގުފަހިވާނެ ކަންކަން ކަމަށް ސިފަކުރައްވާފައެވެ. ޒަރިޔަންދު ވިދާޅުވީ، މި ސަރުކާރު އައި ފަހުން، ގާނޫނީ ސަރުކާރެއްކަން ދެއްކުމުގެ ނަމުގައި ގާނޫނީ ހުރިހާ މަރުހަލާތަކެއް ބަދަލުކުރަމުންދާ ކަމަށެވެ. ނަމަވެސް އެގޮތަށް ގާނޫނުތައް ބަދަލުކޮށްގެން ކުރާ ކަންކަން ފަހުން ނުބަލައި، މިކަން ތަކުރާރުވަމުން ދާނަމަ، ދިވެހި ދައުލަތް ގިނަ ދުވަހު ދެމިއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެެ.
"މި ދައުލަތުގެ ގާނޫނީ ހަމަތައް އެދަނީ އަމިއްލަ ފައިދާއާއި ކޮރަޕްޝަން، އަމިއްލަ އެހެން ބަޔަކަށް މަންފާ ހޯދައިދިނުމުގެ ނިޔަތުގައި ގާނޫނުތައް ބަދަލުކުރަމުން،" ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ހެޓިލަރު ކަހަލަ ބާރުގަދަ ވެރިން އެމީހުންގެ މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ގާނޫނުތައް ބަދަލުކޮށް، މަޖިލީސް ފަދަ މުއައްސަސާތައް އެމީހުންގެ ބާރުގެ ދަށަށް ގެނައި ގޮތާ މި ސަރުކާރުގެ ހާލަތު އަޅުއްވައި ކިޔައިފައެވެ. ޒަރިޔަންދު ވިދާޅުވީ މިއީ އެ ޒަމާނެއް ނޫން ކަމަށާއި، މިހާރު މިއީ ވަރަށް ތަހުޒީބީ ޒަމާނެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގައި މިހާރު ތިބި ޒުވާނުންނަކީ މިފަދަ ނުލަފާކަންތައްތައް ކުރެވޭކަހަލަ ވެރިންނަށް ފުރުސަތު ދޭނެ ބަޔަކު ނޫންކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.
މީ ޅއެހެންކަމުން، މިކަންކަމުގެ ހަގީގީ ނަތީޖާ ފަހުން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޒަރިޔަންދު ވިދާޅުވީ މާލީ ގޮތުންނާއި އިދާރީ ގޮތުން ދައުލަތް ހަމަޔަށް ނެއްޓިއްޖެނަމަ، މާލީ ގޮތުން އެއީ ހަމަޔަށް ނެއްޓޭނެކަމަށެވެ. މިކަންކަމުގެ ތެރޭގައި ދައުލަތުގެ ކުންފުނިތައް (އެސްއޯއީސް) މެދުވެރިކޮށް ރިސޯޓްތަކުގެ މަސައްކަތްތައް ހަވާލުކޮށް، އެ ރަށްތައް ދިނުމުގެ ކަންކަން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ޚާއްސަ ގޮތެއްގައި، މިހާރު އެމްޓީޑީސީއަށް ހަވާލުކޮށްފައިވާ ރަށްތަކަށް ވާގޮތްތަކާއި، އަދި އައްޑޫ ސިޓީގެ ބީޗް ސަރަހައްދު އެމްޓީޑީސީއަށް ދީގެން އެހެން ފަރާތްތަކަށް މެދުވެރިކޮށް ކުރިއަށް ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވިސްނާލުން މުހިއްމު ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. މިފަދަ ކަންކަމަކީ ދިގު ރާސްތާގައި ދައުލަތަށް ގެއްލުންތަކެއް ކުރިމަތިކުރުވާނެ ކަންކަން ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު