އިންޑޮނޭޝިއާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑަައިގެން ދިއުން-
އިންޑޮނޭޝިއާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑަައިގެން ދިއުން-
ބާރުގަދަ ތޫފާނެއްގެ ސަބަބުން އިންޑޮނޭޝިއާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ 300 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓުތަކުގައި ބުނީ މީގެ ކުރިން ބުނީ މި ހާދިސާގައި މަރުވީ 174 މީހުން ކަމަށެވެ. ނަމަވެސް މިހާރު މި އަދަދު 303 އަކަށް އުފުލިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އިންޑޮނޭޝިޔާގެ ސުމަތުރާގައި ބޯ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ހާދިސާތަކެއް ދަނީ މެދުވެރިވަމުންނެވެ.

މި ހާދިޘާތަކާ ގުޅިގެން 279 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، މަރުވި މީހުންގެ ޢަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެ ޤައުމުގައި 80،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ. ނަމަވެސް ސުމަތުރާގެ ތިން ޕްރޮވިންސެއްގައި އެތައް ސަތޭކަ ބަޔަކު އަދިވެސް ސަލާމަތް ނުކުރެވި ތާށިވެފައި އެބަ ތިބި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް