ޕީއެންސީ ޓިކެޓްގައި ކުރިއަށްއޮތް ކައުންސިލާއި ޑަބްލިއުޑީސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕާލަމެންޓްރީގްރޫޕްގެ ލީޑަަރު އިބްރާހިމް ފަލާހް ވިދާޅުވީ އެ ޕާޓީން ހުރިހާ ދާއިރާތަކުން ކެނޑިޑޭޓުން ނެރެން ނިންމާފައިވާ ކަމަށާއި، މުޅި ރާއްޖެއިން އެ އިންތިހާބުތަކުގައި 1600 އަށްވުރެ ކެނޑިޑޭޓުން ބައިވެރިވާނެ ކަމަށެވެ.
ހަމައެއާއެކު ފަލާހު ވިދާޅުވީ މި އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ގިނަފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.
އެގޮތުން ރައީސްގެ ތަރައްޤީގެ ތަސައްވަރު ހަގީގަތަކަށް ހެދުމުގައި ބައިވެރިވުމުގެ ގޮތުން ޕީއެންސީގެ ޓިކެޓްގައި ކުރިއަށް އޮތް އިންތިހާބުތަކުގައި ވާދަކުރުމުގެ ޝައުގު ވެރިކަން ވަރަށް ގިނަ ފަރާތްތަކަކުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ، ޕީއެންސީން އެ އިންތިހާބަށް ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕްރައިމަރީއަށް ވާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ މާޗް 28 ވަނަ ދުވަހު އެވެ. އެ ދެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ނިންމާފައިވަނީ ޖެނުއަރީ 17 ގައެވެ.

ކިޔުންތެރިންގެ ހިޔާލު