އިމިގްރޭޝަންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ހެޑް މުޙައްމަދު ޝިފާން، ކްރިމިނަލް ކޯޓުގައި މިއަދު ދެއްވި ހެކިބަހާއެކު، ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ އޭނާ ފްރޭމް ކުރުމުގެ ގޮތުން ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ބެލެވެން ފަށައިފިއެވެ.
މި އަހަރުގެ މާޗު މަހު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000ރ. ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލާގައެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެއެވެ. އަދި އެ މައްސަލާގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރު ކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެއްވަމުން އިމިގްރޭޝަންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ހެޑް، ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވަނީ މި މައްސަލަައިގައި ހިމެނޭ ބިދޭސީ މީހާއާ ގުޅޭ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތް ތަފްސީލުކޮށް ކިޔައިދީފައެވެ.
ޝިފާން ވިދާޅުވީ އެ އޮޕަރޭޝަން ހިންގީ އޭރުގެ ކޮންޓްރޯލަރު ޝަމްއާންގެ އެންގެވުމަކަށް، ހުރިހާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށާއި، އަދި އޮޕަރޭޝަނާ ގުޅޭ ގޮތުން ޝަމްއާންގެ ފަރާތުން އައިސްފައިވަނީ ގަވައިދާ އެއްގޮތް އަމުރުތަކެއް ކަމަށެވެ.
އަދި އެ ހާދިސާއަށް ފަހު، އިމިގްރޭޝަންގެ އޮފިސަރެއް ކަމަށްވާ، ޝަމްއާންއާ ގާތް ގުޅުމެއް އޮންނަ އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އަހުމަދު ލައްސާންގެ ފަރާތުން އިރުޝާދެއް ލިބުނު ކަމަށާއި، އެއީ ވަކި ރެއިޑެއް ނުހިންގުމަށާއި އެއީ އެމީހުންގެ ބައެއް ކަމަށް ބުނެ ލިބުނު އިރުޝާދެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެކަން ޝަމްއާންއާ ހިއްސާ ކުރުމުން އެގޮތަށް އެއްވެސް އޮފިސަރަކަށް ގަވާއިދާ ހިލާފު އިރުޝާދުތައް ނުދެވޭނެ ކަމަށް ޝަމްއާން އެންގެވި ކަމަށް ޝިފާން ވިދާޅުވިއެވެ.
ޝަމްއާން ވެސް ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޝިފާންއާ ސުވާލުކޮށްފައެވެ. އެގޮތުން އެ އޮޕަރޭޝަންގައި ބަންދުކުރި ބިދޭސީންނާ ގުޅޭ ގޮތުން ޝިފާން، ޝަމްއާނަށް ދެއްވި ލަފާ ސާފުކުރަން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިފާން ވިދާޅުވީ އެ ރޭގެ އޮޕަރޭޝަންގައި ބަންދުކުރި ބިދޭސީންގެ ފުރިހަމަ ވިސާއެއް އޮތް ކަމަށެވެ.
އެ ހާލަތުގައި އެ މީހުން ބަންދުގައި ބޭއްތިއްބިދާނެތޯ ޝަމްއާން ސުވާލުކުރުމުން ޝިފާން ވިދާޅުވީ އިތުރު ކުށެއް ނުކުރާހާ ހިނދަކު ބަންދުގައި ނުބޭތިއްބޭނެ ކަމަށެވެ. އެކަމަކު، އެ ބިދޭސީން ބަންދުން ދޫކުރީ ޝަމްއާންގެ އެންގުމަށް ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.
ޕީޖީން މީގެ ކުރިން ބުނީ ޝަމްއާނަށް ދައުވާ އުފުލާފައިވަނީ އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ އަތުން 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގަވާފައި ވާތީ ކަމަށެވެ. އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
މި މައްސަލާގައި ޝަމްއާންގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެއީ މ. ހަޒާރީވިލާ، އަހުމަދު ލައްސާންގެ އިތުރުން ގ. ހެޕީސައިޑް އަހުމަދު ޝަހެޝަން އާއި އެގޭ އިބްރާހިމް އަހުމަދާއި ތ. ބުރުނީ މޫނިމާގޭ، އަހުމަދު އަލްސަން އިސްމާއިލްގެ މައްޗަށެވެ.
އޭގެ ތެރެއިން ލައްސާން އަދި އަލްސަންއާ އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދިއެވެ. އަދި އަލްސަންގެ މައްޗަށް މިއަދު ވަނީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް އަދި 45،000ރ. ޖޫރިމަނާގެ އަދަބު ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު