ހުޅުމާލޭގެ ހިޔާ ޓަވަރެއްގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ދިވެހި ފިރިހެނަކާއި ބިދޭސީ އަންހެނުންތަކެއް ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި އެފައިސާ ބޭނުންކޮށް، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިޔާ 12 ވަނަ ޓަވަރު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ 2 ގައި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހުސައިން ސޮލާހު، 40، ކިއުބާ، ރ. ރަސްގެތީމު އާއި، އުޒްބެކިސްތާނުގެ ހަތަރު އަންހެނުން ކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ، 40 އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ، 31 އާއި ޝަހުޒޮޑަހޮން ރުސްތަމޯވާ، 28 އަދި އުމުރުން 34 އަހަރުގެ އުމިޑަބޮނޫ ނެމަޓޯ ކަމަށެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށާއި އޭގެ ތެރެއިން ހުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ އެ ޖަރީމާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށެވެ. އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެއެޕާޓްމަންޓް ބަލައިފާސްކުރިއިރު، 19،100 ޑޮލަރާއި 18،000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަސް އަދި އަނެއް ތިން އަންހެނުންނަށް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު