އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާ ހޫނުވީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ދެފަހަރު ދެގޮތަށް އަމަލު ކުރެއްވުމުން ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދަށް ޝާހިދު ފޮނުއްވި ސިޓީއެއްގައި ވަނީ، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގެއްލޭފަދަ ކަންތައްތައް ނުކުރުމަށް އެދިވަޑައިގެންފައެވެ.
ޝާހިދު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ވަގުތީ ޗެއާޕާސަނެއް ކަނޑައެޅުމަށް ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި ހިނގި ކަންތައްތައް ތަކުރާރު ނުވާނޭގޮތަށް އެ ޖަލްސާ އަލުން ރަނގަޅަށް އިންޒާމް ކުރަށްވައިގެން ކުރިއަށް ގެންދިއުމަށް އިބްރާހިމް ވަހީދުގެ އަރިހުން އެދިވަޑައިގެންފައެވެ.
އެގޮތުން އެރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދުގެ ނަމަށް ވަގުތީ ޗެއާޕާސަންގެ މަގާމަށް ވޯޓަށް އެހި ހިނދު، ވޯޓުލެވޭ މެންބަރުންގެ އަދަދާ އަބްދުﷲ ވަހީދަށް ލިބުނު ވޯޓު ފާސްވުމާ ބެހޭގޮތުން ރިޔާސަތުން ދެ ފަހަރު ދެ ގޮތަށް އިއުލާންކުރެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި ފުރަތަމަ އަބްދުﷲ ވަހީދުގެ ނަން ފާސްވިކަމަށް އިއުލާންކުރެއްވި ނަމަވެސް، ހަމަނުޖެހުންތަކަށްފަހު އެނަން ފާސްނުވާ ކަމަށް އިއުލާން ކުރެއްވުމުން ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށް ގޮސް މެދުކަނޑާލާފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
"ރިޔާސަތުން ދެ ފަހަރު ދެ ގޮތަށް އަމަލު ކުރެއްވުމުގެ ސަބަބުން އެރޭގެ ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށް ދިޔަކަން ފާހަގަކުރެވެ އެވެ،" ޝާހިދު ވިދާޅުވެފައިވެއެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ޗެއަރޕާސަންގެ މަޤާމަށް އިންތިޚާބުވީ އަބްދުﷲ ވަހީދު ވަނީ އޭނާއަށް ވޯޓު ކާމިޔާބުވި ކަމަށް ޑެޕިއުޓީ ޗެއާ އިބްރާހިމް ވަހީދު ސިޓީއަކުން އެންގެވި ނަމަވެސް، ކުރީގެ ރައީސް ޞާލިޙާއި ޕާޓީގެ ރައީސް ޝާހިދުގެ ހުރަސްތަކާ ހެދި މަގާމުގައި ކުރިއަށް ވަޑައިނުގެންނެވޭކަން އެނގިވަޑައިގަންނަވާތީ ވާދަކުރެއްވުން އަނބުރާ ގެންގުޅުއްވައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު