ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ރާއްޖެ ގެނެސް މަސައްކަތް މިއަދު ފަށައިފިއެވެ.
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދެވުމަށް މި ސަރުކާރުން ހިންގަވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމުގެ މަސައްކަތާ ގުޅޭގޮތުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ރާއްޖެ ގެނެސްފައިވާ ކަމަށާއި، ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި މިހާރު އެ ޑްރެޖަރު ބޭނުންކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކްރިސްޓަބަލް ކޮލޯންގެ ނަން ދީފައިވާ މި ޑްރެޖަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށިފައިވަނީ ރޭގެ ފަތިހު ފަހެއް ޖެހިއިރު ކަމަށެވެ. އަދި، ހިއްކާ ސަރަހައްދަށް ވެލި އަޅަން ފަށާފައިވަނީ މިއަދުގެ މެންދުރު ކުރިން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ގޯތިގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އެ މަނިކުފާނު އެންމެ ބޮޑު އުންމީދެއް ބަހައްޓަވާ މަޝްރޫޢު، ރަސްމާލެ ތަރައްގީ ކުރަމުން ދަނީ ސަތޭކަ އިންސައްތަ ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ކަމަށެވެ. އެ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މޫސުމީ ބަދަލުތަކާ ގުޅިގެން ހިންގާ މަޝްރޫއު ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑެތި ޑްރެޖަރުތައް ބޭނުންކޮށްގެން މަސައްކަތް ހަލުވި ކޮށްފައިވާއިރު ރަސްމާލޭގެ ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިއްމާލާފައެެވެ. މިއީ މަޝްރޫޢުގެ 10 އިންސައްތަ ނުވަތަ ހުޅުމާލެ ފޭސް 1 ގެ ބިމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއް ކަން ފާހަގަކުރެވެއެެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން 25،000 ގޯތި ދޫކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެެވެ. މީގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރުމަށް ނިންމަވައި، އެކަމުގެ އުސޫލުތައް ވެސް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު