އަހުމަދު މަސްނޫމް   1 ޑިސެމްބަރު 2025 - 22:38
"ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައެވެ. ސަނީ އުމަރު ހައްޔަރު ކުރިކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ސަނީ އުމަރު މިއަދު ރާއްޖެ އައުމާއެކުގައި ސުވާލު ކުރުމަށް ފުލުހުންގެ، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް ވަނީ ހާޒިރުކޮށްފައެެވެ. އޭނާ ރާއްޖެ އައިސް އެއާޕޯޓުން ނުކުތުމާއެކުގައި ފުލުހުންގެ ވެހިކަލެއްގައި ގެންދާ ވީޑިއޯ އެއް ވަނީ އާންމުވެފައެވެ.

ސަނީ އުމަރަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު މީހެކެވެ.

މި މައްސަަލަ ފެންމަތިވުމާ ގުޅިގެން ދަ ޓްރެވެލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން ސަނީ އުމަރުގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާ ނުލާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް