އެންސީބީގެ ތަހުގީގުގަށް ހާޒިރުކުރި ބޮލީވުޑްގެ ބައެއް ތަރިން
އެންސީބީގެ ތަހުގީގުގަށް ހާޒިރުކުރި ބޮލީވުޑްގެ ބައެއް ތަރިން
އިންޑިއާގެ ބޮލީވުޑްގައި މިހާރު ފެންމަތުވެގެން އުޅޭ ބޮލީވުޑް ތަރިން ޑްރަގް ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ތަހުހީގަށް އެންމެ ފަހުން ހާޒިކުރި ބޮލީވުޑްގެ ފިލްމީތަރިންނަކީ ސިނގިރޭޓެއްހާ މިންވަރުވެސް ބޯ ބައެއް ނޫން ކަމުގައި ބުނެފިއެވެ.

މިހާރު ފެންމަތިވެގެން އުޅޭ ބޮލީވުޑްގެ ޑްރަގް މައްސަލައިގެ ތުހުމަތުގައި އެންސީބީއަށް އެންމެ ފަހުން ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ދީޕިކާ ޕަޑުކޯން، ޝްރައްދާ ކަޕޫރް، ރާޚުލް ޕްރީޓް ސިންގ އަދި ސާރާ އަލީ ޚާންއެވެ.

އިންޑިއާގެ ފިލްމީތަރި، ސުޝާންތު ސިންގް ރާޖްޕޫތު ގެ ކުއްލި މަރާ ގުޅިގެން، އިންޑިއާގެ އެންސީބީއިން ކުރިއައް ގެންދާ މަސްތުވާ ތަކެތީގެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ވަޓްސްއަޕް މެސެޖުތަކަކާ ގުޅިގެން ކުރިއަށް ގެންދެވުނު މިތަހުގީގުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތަށް އިންކާރުކޮށް ސިނގިރޭޓެއްހާ މިންވަރުވެސް ނުބޯކަމަށް އެތަރިން ބުނެފައި ވީނަމަވެސް ވަޓްސައަޕް މެސެޖް ތަކުގައި "ޑޫބް" އެބަހުރިތޯ އަހާފައިވާއިރު، މިއީ އަތުން އޮޅާފައި ހުންނަ ސިނގިރޭޓަށް ކިޔާ ނަމެއް ކަމަށްވެސް ތަހުގީގުގައި އެމީހުން ބުނެފައިވާ ކަމަށް އެންސީބީއާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އެންސީބީގެ ތަހުގީގުގައި، ސުޝާންތު ސިންގް ރާޖްޕޫތުއާ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ވާކަމަކަށް ފާހަގަ ނުވާކަމަށްވެސް 4 ފިލްމީތަރިން ބުނެފައިވާކަމަށް އެންސީބީ އާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ހާމަކޮށްފައިވެއެވެ. އެންސީބީ އިން ބުނާގޮތުގައި ތަހުގީގަށް ފިލްމީތަރިން ދީފައިވާ ފޯނުތަކުގެ އިތުރު ޓެކްނިކަލް އެނަލައިސް ކުރުމުން އިތުރައް ކުރެވޭ ޝައްކުތަކާ މެދުގޮތެއް ނިންމޭނެއެވެ.

މިމައްސަލަ އާއި ގުޅިގެން މަސްތުވާތަކެތި ބޭނުން ކުރުމާއި ގަތުމުގެ ތުހުމަތުގައި، ބޮލީވުޑްގެ ފިލްމީތަރި ރިއާ ޗަކްރަބޮތީ އާއި އޭނާގެ ބޭބެ ޝޯވިކް ޗަކްރަބޮތީގެ އިތުރުން ކަރަންޖޯހަރުގެ ދަރްމާ އެންޓަރޓެއިންމަންޓްގެ ކުރީގެ އެކްޒެކެޓިވް ޕްރޮޑިއުސާ ޝިއްޓިޖް ރަވީ ޕްރަސާދް ވަނީ އެންސީބީގެ ތަހުގީގަށް ހައްޔަރު ކޮށްފައެވެ.

އެންސީބީގެ ރިޕޯޓުތަކުން ދައްކާގޮތުގައި، މިމައްސަލައިގެ ތަހުގީގުގައި މިހާތަނަށް އެނގިފައިވާ މަޢުލޫމާތުތަކުން، ޝިއްޓިޖް ރަވީ ޕްރަސާދް އާއި ސުޝާންތު ސިންގް ރާޖްޕޫތުގެ މެނޭޖަރ ސަމުއެލް މިރަންޑާ އާއި ޑްރަގް ވިއްކާ ބަޔަކާ ގުޅުމެއް އޮންނަކަން ހާމަވެފައިވާކަމަށް އެންސީބީއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން