އަހުމަދު މަސްނޫމް   3 ޑިސެމްބަރު 2025 - 0:41
ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު، އެންމެ ތަޖުރިބާކާރު ކީޕަރު، މުހައްމަދު ފައިސަލް ނިއުރޭޑިއަންޓަށް މިރޭ ސޮއިކޮށްފިއެވެ.

ގައުމީ ޓީމުގެ ކީޕަރު ފައިސަލް ނިއުރޭޑިއަންޓް އަށް ސޮއިކުރީ މި ސީޒަނުގެ ނިޔަލަށް ގާއިމްކުރި އެއްބަސްވުމެއްގެ ދަށުންނެވެ.

އެންމެފަހުން ކީޕަރު ފައިސަލް ގައުމީ ސްކޮޑުގައި ހިމެނުނީ ޖޫން އަދި ޖުލައި 2023 ގައި އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑްގުއެވެ. ނަމަވެސް އަނިޔާއާއި ގުޅިގެން ފައިނަލް ސްކޮޑުން ފުރުސަތެއް ނުލިބެއެވެ. އަނިޔާގެ ސަބަބުން ދެ އަހަރަށް ކުޅުމާ ދުރުގައި ފައިސަލް ހުއްޓެވެ.

ގޯލްކީޕަރު ފައިސަލް ގައުމީ ސްކޮޑުގައި އެންމެފަހުން ހިމެނުނީ 2023 ވަނަ އަހަރުގެ ޖޫން އަދި ޖުލައި މަހު އިންޑިއާގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑަށެވެ. ނަމަވެސް އަނިޔާއެއްގެ ސަބަބުން ފައިނަލް ސްކޮޑުން އޭނާއަށް ފުރުސަތެއް ނުލިބުނެވެ. މި އަނިޔާގެ ސަބަބުން ފައިސަލް ދެ އަހަރު ދުވަހަށް ކުޅުމާ ދުރުވެފައި ހުއްޓެވެ.

ފައިސަލް ފުޓުބޯޅަ ކުޅުމުގެ ދިގު ހަޔާތް ފެށިފައިވަނީ 2006 ވަނަ އަހަރު ކްލަބް އޭވައިއެލްއިންނެވެ. އޭގެފަހުން ރާއްޖޭގެ ގިނަ ބޮޑެތި ކްލަބްތަކަށް އޭނާ ކުޅެފައިވެއެވެ. އެގޮތުން ވިކްޓަރީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، އީގަލްސް، ވެލެންސިއާގެ އިތުރުން ޑަ ގްރާންޑޭގެ ޖާޒީގައިވެސް ފައިސަލް ފެނުނެވެ.

އޭވައިއެލް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމުގައި ފައިސަލްގެ ދައުރު ވަރަށް މުހިންމެވެ. ފައިސަލް ވަނީ 2007 ވަނަ އަހަރު އޭވައިއެލް އާއިއެކު ދެވަނަ ޑިވިޝަން ކާމިޔާބުކޮށް، ހަމަ އެއަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން ވިކްޓަރީ އަށް ބަދަލުވެ އެކުލަބާއެކު ދިވެހި ލީގުވެސް ހޯދައިދީފައެވެ.

ދިވެހި ގައުމީ ޓީމާއެކު ފައިސަލް ވަނީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީ އުފުލާލާފައެވެ. އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ އޭނާއެވެ. އަދި 2010 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ސައުތް އޭޝިއަން ގޭމްސްގެ ލޯ މެޑަލްވެސް ފައިސަލް ވަނީ ހޯދާފައެވެ.

ކްލަބް ފެންވަރުގައި ފައިސަލް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އޭނާވަނީ ވިކްޓަރީ އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެފްއޭ ކަޕް ތިންފަހަރަށްވެސް އޭނާ ކާމިޔާބު ކޮށްދީފައިވާ ކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް