ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ހުސައިން ސަނީ އުމަރު 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
"ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް ޙަރަކާތްތެރިވި ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ރާއްޖެ ދޫކޮށް ފިލާފައެވެ. އޭގެ ފަހުން އަނިޔާ ލިބުނު ކުދިންގެ އާއިލާގެ ފަރާތުންވަނީ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.
އޭނާ ޑިސެމްބަރު 1 ވަނަ ދުވަހު މާލެ އައުމާއެކު މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ފުލުހަށް ހާޒިރުކުރިއެވެ. ނަމަވެސް އޭނާ ވަނީ އެދުވަހު ސުވާލުކުރުމަށްފަހު ދޫކޮށްލާފައެވެ. އަދި އޭނާ އަލުން ހައްޔަރުކޮށްފައިވަނީ ހަމަ އެރޭ، ރާއްޖެއިން ބޭރަށް ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައެވެ.
ސަނީގެ ބަންދުގެ މައްސަލާގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މިއަދު ބުނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، 33 ވަނަ މާއްދާ އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުން އެދި މިއަދު ކްރިމިނަލް ކޯޓަށް އެ އޮފީހުން ހުށަހެޅި ކަމަށެވެ.
އަދި މި ހުށަހެޅުމާ އެއްގޮތަށް އޭނާ 30 ދުވަހުގެ މުއްދަތަަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައި ވާކަމަށް ޕީޖީން ވަނީ ހާމަކޮށްފައެވެ.
ޕީޖީން ބުނީ މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ޤަޞްދުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު