ޒަކާތު ފަންޑު ހިންގާ ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރުމަކީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަދު ޒަކާތާބެހޭ ބިލު ފާސްކުރުމާ ގުޅިގެން އެކްސް (ކުރިން ޓްވިޓަރ) އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ފިޤުހުގެ އުޞޫލުތަކުގެ އަލީގައި ހަރުދަނާގޮތެއްގެ މަތިން އިތުބާރާއި އަމާނާތްތެރިކަމާއެކު ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރެއްވުމަކީ ސަރުކާރުން އެޅުއްވި ވަރަށް މުހިންމު އަދި ހަރުދަނާ ފިޔަވަޅެެއް ކަމަށެވެ. ރާއްޖޭގެ ޒަކާތުގެ ޤާނޫނު ބިނާވެފައިވަނީ އިސްލާމީ ފިޤުހުގެ އެންމެ ފަހުގެ ޒަމާނީ އިލްމީ ދިރާސާތަކުގެ މައްޗަށް ކަމަށްވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
ޝަހީމް ވަނީ ޒަކާތާއި ބެހޭ ގާނޫނެއް ވުޖޫދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވި އިސްކަމަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
ޑރ. ޝަހީމް ވަނީ، ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ނިޒާމަކަށް ވެގެން ދިއުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައެވެ.
ޒަކާތާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ އިއްތިފާގުންނެވެ. އެބިލް ފާސްކުރީ ޒަކާތު ފަންޑު ބަލަހައްޓާނީ މަރުކަޒީ ބޭންކު އެމްއެމްއޭއިން ކަމަށް ކަނޑައަޅައި، ޒަކާތް ދެއްކުން ގާނޫނީ ގޮތުން ލާޒިމުކުރާގޮަތަށެވެ. އެ ބިލުގެ މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލްކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ އޮނިގަނޑެއްގެ ދަށުން ހިންގުމެވެ.

ކިޔުންތެރިންގެ ހިޔާލު