އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ މުވައްޒަފުންނަށް ދެމުން އައި ލިވިން އެލަވަންސް ހުއްޓާލައި، ވޭތުވެދިޔަ އެއްއަހަރާއި 10 މަސްދުވަހުގެ ތެރޭގައި ލިވިން އެލަވަންސްގެ ގޮތުގައި މުވައްޒަފުންނަށް ދިން ފައިސާ އެ މުވައްޒަފުންގެ އަތުން ނެގުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.

މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މި މައްސަލައާ ބެހޭގޮތުން މަޝްވަރާ ކުރަމުން ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، އައިކޮމް މުވައްޒަފުންގެ އިހުމާލެއް ނެތި އެ މުވައްޒަފުންނަށް އިތުރަށް ދީފައިވާ ލިވިން އެލަވަންސްގެ ފައިސާ، މުވައްޒަފުންގެ އަތުން އިއާދަކުރުމަކީ ހަމައެއް ނޫންކަމަށެވެ.

އެހެންކަމުން، މި މައްސަލާގައި، ކޮމިޝަނުގެ ފަރާތުން އިހުމާލުވެފައިވާ މުވައްޒަފުން ދެނެގަތުމަށްޓަކައި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބެއްލެވުމަށް އެ އޮފީހަށް އެންގުމަށާއި، މައްސަލާގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ލަފާއެއް ހޯދުމަށް ޝަރީފް ވަނީ ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުއްވުމަށް ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހް ތާއީދު ކުރެއްވިއެވެ.

އަދި ކޮމިޓީން ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް