ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ބީއެމްއެލް މެދުވެރިކޮށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމްގެ ދެވަނަ ބުރުގައި، އެ ލޯނުގެ ޝަރުތުތަކަށް ލުއި ތަކެއް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ މާފަންނު ރައްޔިތުންނާ ރޭ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަަކަފުޅު ދައްކަވަމުންނެވެެ. ރައީސް މުޢިއްޒު ވިދާޅުވީ ހައުސިން ލޯނު ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަން އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

"އެ ސްކީމްގެ ދެވަނަ ބުރަކަށް ހުޅުވާލާއިރު، ހިޔާވަހި ލޯނަށް ލުއިތަކެއް ދޭ ގޮތަށް އަޅުގަނޑު ވާނީ ބީއެމްއެލްގައި ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް