އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމަށް އިޢުތިރާފުވެވޭ ހިސާބުން، އެބަޔަކަށް ވަކި ފަރާތަކަށް ބުރަވެވުނީ ކަމަށާއި އެއީ ނޫސްވެރިކަމުގެ ބަދަލުގައި ސިޔާސީ ހަރަކާތެއްކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުޢިއްޒު "އަދަދު" ނޫހަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ މާފަންނު ރައްޔިތުންނާއިއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ނޫސްވެރިކަމަކީ އެހެން ދާއިރާތަކެކޭ އެއްފަދައިން ވަރަށް ޕްރޮފެޝަނަލީ، ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް، އެއް ނޫހަކުން ރަސްމީކޮށް، "ތިމަންނަމެންގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ޕޮލިސީއެކޭ" ބުނެ އިޢުލާން ކުރުމުން، އޭގެ ޕްރޮފެޝަނަލިޒަމް ގެއްލުނީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އެ މަނިކުފާނަށް އެނގިވަޑައިގެން އެންމެ ފަހުން ނޫސްވެރިންގެ ތެރެއިން ބޭފުޅުންކޮޅެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، އެ ބައްދަލުވުމަށް ވަޑައިގެންނެވި ނޫސްވެރިއެއްގެ އެޑިޓަރު ނުވަތަ އިސްވެރިޔާ ވިދާޅުވީ، އެބޭފުޅުންގެ ނޫހަކީ ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ޕޮލިސީއެއް އޮންނަ ނޫހެއް ކަމަށެވެ. އެ ހިސާބުން އެ ނޫހުގެ ބަޔަސްޑްކަން ގެއްލި، ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ޕޮލިސީ (ސަރުކާރާއި ދެކޮޅު ޕޮލިސީ) ކަނޑައަޅައިގެން ކުރިއަށް ދާއިރަކު ދެން ލެންސު އިންނާނީ އިދިކޮޅު ލެންސެއް. އެހެންވީމާ އެއީ ނޫސްވެރިކަމެއް ނޫން. އެއީ ޕޮލިޓިކަލް އެކްޓިވިޒަމް. ތިމަންނަމެންގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ޕޮލިސީއެކޭ، ރަސްމީކޮށް މީޓިންގަ ވިދާޅުވީ. އެހެންވީމަ އެހިސާބުން އެއޮތީ ކަނޑައެޅިފަ ވަކި އަތަކަށް ޖެހިފަ. އެހެންވީމަ އެއީކީ ނޫސްވެރިކަމެއް ނޫން." ރޭގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިއަކު ރައީސަށް ފާޅުކުރި ޚިޔާލުތަކާއި ފާޑުކިއުންތަކަށް ނުސީދާކޮށް ރަށްދު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ނޫސްވެރިކަމަކީ އިއްފަތްތެރި މަސައްކަތެއް ކަމަށް ސިފަކުރައްވާފައެވެ. އެއީ ދެފަރާތަށް ހަމަހަމައަށް ބަލައިގެން، ޙަޤީޤަތް ހާމަކުރުމުގެ ގޮތުން ކުރާކަމެއް ކަމަށާއި، ކޮންމެ ވާހަކައެއްގެވެސް ދެފަރާތް ގެނެސް، ތެދުބަހުން ވާހަކަ ދައްކަންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ، އެހެން ދާއިރާތައް ފަދައިން ނުހަނު ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއްކަމަށާ، ޚަބަރު ފެތުރުމުގައި 2 ފަރާތްވެސް ހަމަހަމަކޮށް، ޙަޤީޤަތް ގެނެސްދެވެންޖެހޭނެކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިހާރު ނޫސްވެރިކަމާ ބެހޭ ޤާނޫނެއް އުފައްދާ، ކޮމިޝަނެއްވެސް އުފައްދާފައިވާ ކަމަށާއި، އެ ކޮމިޝަނުން މަސައްކަތް ކުރަމުން ދާ ކަމަށެވެ. ނަމަވެސް، އެއްވެސް ނޫހެއްގެ ނުވަތަ މީޑިއާއަކަށް އެ ބޭފުޅުން ފިޔަވަޅު އެޅިކަމެއް އެ މަނިކުފާނަށް އެނގިވަޑައިގެންފައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އޮތީ "ތަންމިނަށް" ހުޅުވާލެވިފައި ކަމަށާ، ނަމަވެސް، އެއްވެސް މީހެއްގެ ޢަބުރު ކަތިލުމުގެ ފުރުޞަތެއް އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެކަަމަށެވެ. ނޫސްވެރިކަމުގެ އިމުގެ ތެރެއިން އެއްވެސް ބަޔަކު ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަހެއް ކުރިމަތިނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ނަމަވެސް އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުވާފަދަ މޭރުމަކުން އެ ފުރުޞަތު ދެވެން ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ ރައްޔިތެއްގެ ޢަބުރަކީ ހަމަހަމަ އެއްޗެއް ކަމަށާ، އެއީ އިލާހީ ޤާނޫނު ކަމަށާ، އެ ޤާނޫނާ ޚިލާފުވުމުގެ ފުރުޞަތެއް، ކޮންމެ ލޭބަލެއްގައި އައިކަމުގައި ވީ ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނަށް އޮތް ފުރުޞަތެއް ނޫންކަމަށާ، ނަމަވެސް، އެއްވެސް ކަހަލަ ސިޔާސީ ވިސްނުމެއް ނެތި، ދެފަރާތް ހަމަހަމައަށް، ތެދުބަހުން ގެނެސްދެވޭ ކޮންމެ ކަމަކަށް މި ސަރުކާރުން ސައްތަ އިންސައްތަ މަރްޙަބާ ކިޔާނެކަމަށާ، މިފަދައިން ކުރާ ނޫސްވެރިކަމަކަށް އަޅާނެ އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު