އެއް ދުވަސްތެރޭ ހުޅުމާލޭން 200އަށް ވުރެ ގިނަ އުޅަނދު ޓޯކޮށްފިއެވެ.
ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ އޮޕަރޭޝަނެއް ފުލުހުން ފެށީ ހުކުރުދުވަހުއެވެ.
ފުލުހުން ބުނީ މި ޓޯކުރުމުގެ އޮޕަރޭޝަންގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ޖުމްލަ 252 އުޅަނދެއް ހުޅުމާލޭގެ މަގުތަކުން ޓޯކޮށް، ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހުރިހާ އުޅަނދަކީވެސް ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުފަހަރު ކަމަށް ފުލުހުން ހާމަކުރިއެވެ.
އަދި އެހެން ޒޯނުތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރާއި އެއްގޮތަކަށް ވެސް ރަޖިސްޓްރީނުކުރާ އުޅަނދުފަހަރުވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މަސައްކަތަކީ ހުޅުމާލޭގެ ރައްޔިތުންނާއި އެ އަވަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހުޅުމާލެއަކީ އަމާން، ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
އިއްޔެ ފެށި އޮޕަރެޝަން މި ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު