ގޯތި ލިބުނު ފަރާތްތަކަށް، އެމީހުންނަށް ލިބުނު ތަނުން ގޯތި ދިނުމުގެ ވަޢުދާ އެއްވެސް ހިލާފެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައި އޮންނާނީ އެމީހަކަށް ގޯތި ލިބުނު ތަނުން ގޯތި ދިނުމަށް ކަމަށާއި، އެގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ. ގޯތި ދިނުމުގެ މަސައްކަތުގައި އެންމެ ބޮޑު ބަދަލެއް އައިސްފައިވާ ދެ ތަނަކީ ގުޅިފަޅާއި ގިރާވަރުފަޅު ކަމަށް ރައީސް ވިދާޅުވިއެވެ.
ގިރާވަރުފަޅުން ގޯތި ދިނުމުގައި ކުރިން ހުރި ގޮތް ތަފްސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ، އާންމުކޮށް ކޮންމެ ތަނެއްގައި ވެސް ލޭންޑް ޔޫސް ޕްލޭނެއް ހަދާއިރު ވަކި މިންގަނޑަކުން ހަދާނެ ކަމަށެވެ. އެގޮތުން މަގުތަކަށާއި، މީހުންނަށް ބޭނުންވާ ޚިދުމަތްތައް ޤާއިމްކުރުމަށް ބިންތައް ކަނޑައަޅަންޖެހޭ ކަމަށެވެ. ނަމަވެސް، ކުރީ ސަރުކާރުން ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނެއްނަހަދާ ހަމަ ގޮޅި ޖަހާލައިގެން އެއްވެސް ވަރަކަށް މަގަކަށް، ސްކޫލަކަށް ނުވަތަ ހޮސްޕިޓަލަކަށްވެސް ތަނެއް ނުކަނޑާ، ހަމައެކަނި ގޯތި ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެ ގޯތިތައް ދީ ނިމުމުން މޫދުން ހިއްކިޔަސް ނުފުދޭ ވަރަށް ގޯތި ދޫކޮށްފައި ހުރި ކަމަށާއި، އެހެންވެ މިހާރުގެ ސަރުކާރަށް އެ ބަދަލުތައް ގެންނަން ޖެހުނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލުތަކުގެ ސަބަބުން ބައެއް ފަރާތްތަކަށް ގުޅިފަޅަށް ބަދަލުވާން ޖެހުނު ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެއީ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، މުޅި ފަޅު ހިއްކިޔަސް ގޯތި ނުދެވޭނެހާ ގިނައިން ގޯތި ދޫކޮށްފައި އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެ ފަރާތްތަކަށް ގޯތި ދިނުމަށް، ސަރުކާރުން ހުޅުވާލި ފުރުޞަތުގައި ގުޅިފަޅަށް ބަދަލުވުމުގެ ފުރުޞަތު ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީކީ ވައުދާ ޚިލާފުވުމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ކުދިކުދި ބަދަލުތައް ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެތަނުން އެންމެ ބޭނުންތެރި ގޮތުގައި ބޭނުންހިފުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑު ވައުދުވިން އެތާގަ އެންމެ ފުންތަން ހިއްކާނަމޭ. އެކަން އަދި ކުރިޔަށް އޮތީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ގުޅީފަޅު ހިއްކަންދެން މަޑުނުކޮށް، މިހާރު ހިއްކާ ނިމިފައިވާ ބައިން އެންމެންނަށް އެންމެ އަވަހަށް ގޯއްޗަށް ވަދެވޭނެ ގޮތެއް ހެދުމަށްޓަކައި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެއީ އެމީހާއަށް ލިބުނު ފިޒިކަލް ލޮކޭޝަނުން ނުދިނުމެއް ނޫން ކަމަށާއި، ގުޅިފަޅުން ވެސް އެމީހާއަށް ލިބޭ ގޮތަށް އަވަހަށް ދޭންވެގެން ގެނައި ބަދަލުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، ސަރުކާރުން ގެނައި ބަދަލުތަކަކީ ވަޢުދަކާ ޚިލާފުވުމެއް ނޫން ކަމަށާއި، މީގެ މަޤްޞަދަކީ ރައްޔިތުންނަށް އެންމެ އަވަހަށް ގޯތިތައް ދީ، އެ ގޯތިތަކަށް ވަދެވޭނެ ގޮތެއް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިވަޑައިގެންފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިޞްލާޙުކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުޠުތަކުގެ ތެރޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށްވެސް އީޖާބީ ޙައްލެއް ހޯއްދަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ވިސްނާފައި އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ ބޮޑަކަށް. އެ ހަމަ އެއްކޮށް އުވާ ވެސް ލެވިދާނެ. އެހެންވީމަ، އަޅުގަނޑުމެން ބަލާނަން އެއަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯ. ބަލައިފައި އަޅުގަނޑުމެން ބޭނުންވަނީ އެންމެ ގިނަ ރައްޔިތުންނަށް ފުރުސަތު ދޭން،" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު