މާލޭގައި ޒަމާނީ ފެންވަރުގެ މަސް މާރުކޭޓެއް އެޅުމުގެ މަސައްކަތް ފެށުމަށް ޖަޕާންގެ ފަންނީ ޓީމެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހެންވޭރު ރައްޔިތުންނާއެކު ރޭ ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމެއްގައި މަސް މާރުކޭޓުގެ ވާހަކަ ފާހަގަކުރައްވަމުންނެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޒަމާނީ މަސްމާރުކޭޓް އަޅަނީ ޖަޕާނުގެ ހިލޭ އެހީގެ ދަށުން ކަމަށާއި މި މަޝްރޫޢަށްޓަކައި ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު، މާރުކޭޓު ތަރައްޤީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން މަސައްކަތް ފަށައި، ބަޔަކާ ހަވާލުވެސް ކުރެއްވި ކަމަށާއި ނަމަވެސް އެކަން އެއިރު އެކި ސަބަބުތަކާއި ހެދި ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު ވާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން މި މަޝްރޫޢު ހިންގުމަށް އެބޭފުޅުންނާއެކު ވާހަކަ ދެކެވި، މަސައްކަތްތަކެއް ފެށިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައު ޒަމާނީ މަސް މާރުކޭޓު އަޅާނީ މިހާރު ލޯކަލް މާރުކޭޓު ހުރި ތަނުގައި ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މިއީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެތަން ހިއްކި އިރު ހުރި އަސްލު ޕްލޭން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖަޕާން ސަރުކާރުގެ އެހީގައި އަޅާ މި ޢިމާރާތަކީ، ތަރުކާރީ މާރުކޭޓާއި އެހެނިހެން ބޭނުންތަކަށްވެސް ފަސޭހަވާނެ ގޮތަށް، ވަރަށް ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭނެ މިކްސް ޔޫސް މާރުކޭޓެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުގެ މަސް މާރުކޭޓު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތަށް ބޭނުންކުރެވޭ ޖާގަ ލިބިގެންދާނެ މަސައްކަތުގެ ޢިމާރާތެއް އަޅާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިތަން ހާއްސަކުރެވޭނީ މި ސިނާއަތުގައި މަސައްކަތްކުރާ އެން.ޖީ.އޯތަކާއި، ކުންފުނިތަކަށް އޮފީސް ޖާގައާއި އެހެނިހެން ތަންތަން ލިބިގެންދާނެ ގޮތަށް ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް މިހާރު ފަންނީ ފެންވަރުގައި ކުރިއަށްދާ ކަމަށާއި، މިކަން ހައްލުވެގެން ދިޔުމުން، އެ ސަރަހައްދަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު