އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ރޭ އިންތިހާބުކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭ ބޭއްވި ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް މެމްބަރު ޣަފޫރު އިންތިހާބުކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކުއެވެ. ވަގުތީ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ މެމްބަރު ޣަފޫރު އެކަނި ކަމަށްވާތީ ވޯޓަށް އެހީ އޭނާގެ ނަން އެކަންޏެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ވަގުތީ ޗެއާޕާސަނެއް ހޮވުމަށް މީގެ ކުރިން ބައްދަލުވުމެއް ބޭއްވިއެވެ. ނަމަވެސް އެ މަގާމަށް ކުރިމަތިލެއްވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު (ވައްޑޭ) އެ މަގާމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެ، ނިޒާމު ގެއްލުމުން ބައްދަލުވުން ވަނީ މެދުކަނޑާލަފައެވެ. މައްސަލަ ހޫނުވީ ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާއިރު، އެ ރޭ ލިބުނީ 47 ވޯޓް ކަމަށް ސެކެޓްރިއޭޓުން އިއުލާން ކުރުމާ ގުޅިގެންނެވެ.
އޭގެ ފަހުން ވައްޑޭ ވަނީ ނަން އަނބުރާ ގެންދަވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއިލް މިދިޔަ ނޮވެމްބަރު މަހު 23 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު