އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު، އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިސްތިއުފާދެއްވުމުން ވަގުތީ ޗެއާޕަސަން މަގާމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްގަފޫރު މޫސާ (ގަޕޯ) ވަނީ އިންތިހާބުކޮށްފައެވެ.
ވަގުތީ ޗެއާޕާސަން ހޮވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި، އެ މަގާމަށް ދާއިމީ މެންބަރަކު ހޮވުމަށް ނަގާ ވޯޓު ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން ބާއްވަން ހުށައަޅުއްވާފައިވަނީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް އެވެ.
ސަލީމް ވަނީ އެޕްރީލް 4، 2026، ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ކައުންސިލް އިންތިހާބުގެ ރަސްމީ ހަތް ދުވަސް ފަހުން ޗެއާޕާސަނުގެ އިންތިހާބު އޮންނާނެ ތާރީހެއް އިއުލާނުކުރުމަށް ހުށައަޅުއްވާފައެެވެ.އެ ހުށަހެޅުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި 58 މެންބަރެއްގެ ވޯޓާ އެކު އެވެ.
ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ޕާޓީގެ ފޯކަސް ގެއްލުވާނުލާ، އެކުގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުހިންމު ކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު