މަސްވެރިން މި ގައުމު ތަރައްޤީކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ބަލައިގަންނަން ޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ. ރައީސް މައުމޫން ވަނީ ދިވެހިރާއްޖޭގެ ހީވާގި ދިވެހި މަސްވެރިންނަށާއި، އޮޑިވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތަށް ފޮނުއްވާފައެވެ.

ރައީސް މައުމޫންގެ ޕޯސްޓުގައި މަސްވެރިންގެ ދުވަހަކީ އުންމީދުން ފުރިގެންވާ ދުވަހެއްކަމަށް ވިދާޅުވެ މަސްވެރިންގެ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައިވެއެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަސް ކަމުގައިވާއިރު، މި ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ



ކިޔުންތެރިންގެ ހިޔާލު