ކަނޑުމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ވޭޕްތައް އެތެރެކުރީ ޑިޓާޖެންޓް ފުޅިފުޅީގައި ފޮރުވައިގެންކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ރާއްޖެއަށް ވަގަށް ވައްދަން އުޅުނު 10800 ވޭފް ކަސްޓަމުން އަތުލައިގަތީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ޑިޓާޖެންޓް ފުޅިފުޅީގައި މި ތަކެތި އެތެރެކުރީ 2020 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއްގެ ނަމުގައި ނެޕީއާއި އެނޫންވެސް ގިނަ އަދަދެއްގެ މުދާ ހުރި ޝިޕްމެންޓެއްގައެވެ.
މި ވޭޕް ކާޓްރިޖަތަކުގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެކަމަށާއި، މީ ވޭފް އެތެރެކުރުން މަނާކުރި ފަހުން ރާއްޖެއަށް ވައްދަން އުޅެނިކޮށް ހިފަހެއްޓި އެންމެ ބޮޑު ވޭޕް ޝިޕްމެންޓްކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ކަސްޓަމްސް އިން ބުނީ ވޭޕް މަނާކުރި ފަހުން ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގެން ވޭޕްގެ އަދަދު 66،000 މައްޗަށް އަރާކަމަށެވެ.
ކަސްޓަމްސް އިން ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފައިވާއިރު، ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ދުންފަތް މަނާކުރާ ޤާނޫނުގައިވަނީ ކަނޑައަޅާފައެވެ.
އަދި، ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު