އައިޖީއެމްއެޗް ނާސިން ސްޓޭޝަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އައިޖީއެމް ހޮސްޕިޓަލްގެ ނާސިން ސްޓޭޝަނަކުން ވައްކަން ކުރި ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ސީސީޓީވީ ފުޓެޖްގެ ސްނެޕްޝޮޓް ފުލުހުން ވަނީ ހުށަހަޅާފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާއަށް ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ. އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވަނީ ވަކީލަކު އައްޔަނުކުރަން ބޭނުންވާކަމަށް ބުނުމުންނެވެ.
މި މައްސަލައިގައި ހައްުޔަރު ކުރި މީހާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް އޭނާގެ ކޯޓު އަމުރުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު