އޭސީސީގެ ރައީސް
އޭސީސީގެ ރައީސް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވޭތުވެދިޔަ 17 ވަރަކަށް އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން، ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ދޮޅު ބިލިއަނަށްވުރެ މައްޗަށް އަރާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ 2009 އިން ފެށިގެން މި އަހަރުގެ މިހާތަނަށް އޭސީސީން ނިންމި މައްސަލަތަކުގެ ތެރެއިން އެކި އިދާރާތަކަށް 1.61 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ޖެހޭ ކަމަށް އަންގާފައިވާ ކަމަށެވެ.

އެއީ، އަހަރަކަށް ބަހާލާ ނަމަ ކޮންމެ އަހަރަކު 94.57 މިލިއަން ރުފިޔާ، އަދި މަހަކަށް ބަހާލާ ނަމަ 7.88 މިލިއަން ރުފިޔާ ކަމަށް ޝާމިލް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދައުލަތަށް ގެއްލިފައިވާ ކޮންމެ ރުފިޔާއަކަށް މަދުވެގެން 2.85 ރުފިޔާ އަނބުރާ ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް އޭސީސީން އަންގާފައިވާކަން ތަފާސްހިސާބުތަކުން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ހޯދަން އެދުނު ފައިސާގެ ތެރެއިން މިހާތަނަށް ލިބުނީ ކިހާ އަދަދެއްކަން ޝާމިލް ހާމައެއް ނުކުރެއެވެ.

އޭސީސީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާތީ އެވާހަކަތައް އަބަދުވެސް ދެކެވެއެވެ. މިހާރު ވެސް އޭސީސީއަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުށަހަޅާފައި، ނުބެލި އެބަހުއްޓެވެ.



ކިޔުންތެރިންގެ ހިޔާލު