އިސްރާއީލުގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުރި ފަލަސްޠީނުގެ 26 އަހަރުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.
މިއީ އެއް ހަފްތާގެ ތެރޭގައި އިސްރާއީލުގެ ބެލުމުގެ ދަށުގައި ޝަހީދުވި ދެވަނަ ފަލަސްޠީނުގެ މީހާއެވެ. އޭނާ ޝަހީދުވެފައިވަނީ އަނިޔާކުރުމާއި، އެކަށީގެންވާ ސިއްހީ ފަރުވާ ނުދިނުމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ޒުވާނާ ހައްޔަރުކޮށްފައިވަނީ އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގުއައްސޭރީން މީގެ މަސްތަކެއް ކުރިންނެވެ. އޭނާ ޝަހީދުވެފައިވަނީ މިއަހަރު ޖުލައި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އިދާރީ ބަންދެއްގައި ހުއްޓައި ކަމަށް ފަލަސްތީނުގެ ގައިދީން ޖަމިއްޔާއިން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
މި ޖަމިއްޔާއިން ވަނީ ޑިސެމްބަރު 10 ވަނަ ދުވަހު ބެތުލަހަމްގެ އެހެން ޒުވާނަކުވެސް އިސްރާއީކުގެ ޖަލެއްގައި ޝަހީދުވިކަން ކަށަވަރުކޮށްދީފައެވެ.
މި ހާދިސާތަކާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ބެލުމުގެ ދަށުގައި ޝަހީދުވިކަން އެނގޭ ފަލަސްޠީނުގެ މީހުންގެ ޖުމްލަ އަދަދު ވަނީ 86 އަށް އަރާފައެވެ. މީގެ ތެރޭގައި ޣައްޒާގެ 50 މީހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު