ޣައްޒާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބައެއް އަވަށްތައް ފެނުއަޑިއަށް ގޮސް އާންމުން ދިއިރުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައެވެ.
ގަދަ ވައިގެ ސަބަބުން ޓެންޓު އަވަށްތައް ހަލާކުވެ، ފިނިގަދަވެ، އެތައް ބަޔަކަށް ވަނީ ދަތި ހާލު ޖެހިފައެވެ.
މިކަންތައް މިހެން ހުރިނަމަވެސް ޔަހޫދީ އިސްރާއީލުން ގެންދަނީ ރަނގަޅު ފެންވަރުގެ ޓެންޓާއި، މޮބައިލް ގެތަކާއި، ގަދަ ފިންޏާއި، ވިއްސާރައިން އާންމުން ސަލާމަތް ވުމަށް ބޭނުން ކުރެވިދާނެ އެއްވެސް އެއްޗެއް ޣައްޒާއަށް އެތެރެކުރަން ހުރަސް އަޅަމުންނެވެ.
ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެވުނު އެއްބަސްވުމުގައި، ޣައްޒާއަށް ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ ކާބޯތަކެއްޗާއި އިންސާނީ ޟަރޫރީ އެހެން ސާމާނު އެތެރެކުރަން ހިމެނިފައި ވެއެވެ. އެއީ، އިސްރާއީލުން ކުރަން އެއްބަސްވި ކަމެކެވެ.
ނަމަވެސް، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ ދެމަހަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް، އިސްރާއީލުން އެއްބަސްވި މިންވަރާ ގާތަށްވެސް ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރިޔަކަ ނުދެއެވެ.
ތަފާތު އެކިއެކި ހުއްޖަތްތައް ދައްކައި، އިސްރާއީލުމް ގެންދަނީ އެހީގެ ސާމާނު އެތެރެކުރަން ހުރަސް އަޅަމުންނެވެ. އަދި އިންސާނީ އެހީގެ ސާމާނު އެތެރެކުރާ ދޮރާށިތައްވެސް ހުޅުވަން ގެންދަނީ ދެކޮޅު ހަދަމުންނެވެ.
ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ އޭޖެންސީ، އަންރްވާގެ ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ އެހީ ލިބެން ޖެހޭ މިންވަރާ ގާތަށްވެސް ނުލިބޭތީ، ޣައްޒާގެ އާންމުންނަށް ދިރިތިބުމަށްވެސް މިހާރު ނުރައްކާވެފައިވާ ކަމަށެވެ. އެހެންކަމުން، ލަހެއް ފަހެއްނެތި ޣައްޒާއަށް އިންސާނީ އެހީ ވަގުތުން އެތެރެކުރަން ފެށުމަށް އޭނާވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު