ރިޔާސީ އިންތިހާބާއި، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީން ހޯދީ މަކަރާއި ހީލަތުން ކަމަށާއި، މިފަހަރު ކައުންސިލް އިންތިހާބު ވަގަށް ނުނެގޭނެ ކަމަށް މާލެ ސިޓީގެ ޑަބްލިއުޑީސީގެ މެންބަރު ފާތިމަތު ސަހުލާ (ޝަހޫ ރިޒާ) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިހާރު ވެރިކަމުގައި އޮތް ޕީއެންސީއަށް އިޝާރަތް ކުރަށްވައި ޝަހޫ ވިދާޅުވީ "އެމީހުން މަކަރާއި ހީލަތުން ވެރިކަން ހޯދައިފި" ކަމަށެވެ.
"ރިޔާސީ އިންތިހާބު ހޯދީ މަކަރާއި ހީލަތުން އަދި މަޖިލިސް ހޯދީ ވެސް މަކަރާއި ހީލަތުން. މިފަހަރު ކައުންސިލް އިންތިހާބު ވަގަށް ނުނެގޭނެ. ދެން އަޅުގަނޑުމެން އެބޭފުޅުންނަށް ފުރުސަތު ދޭންވީތޯ؟" ޝަހޫ ސުވާލު އުފެއްދެވިއެވެ.
ޝަހޫ ވަނީ މިފަހަރު ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"މި އުންމީދުގެ ދަންމަރުގެ ހުޅުކޮޅު ރޯކުރަން، މިފަހަރު ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ. އަޅުގަނށުމެން އެބަޖެހޭ އަޅުގަނޑުމެންގެ ޕާޓީއާއިގެން ކުރިއަށް ދާން." އޭނާ ވިދާޅުވިއެވެ.
ޝަހޫ މިހެން ވިދާޅުވެފައިވާއިރު، ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު