ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީގެ މޭޔަރު ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ކެނޑިޑޭޓަކަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް ނެރެން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މާލޭ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ ޓިކެޓުގައި މާލެސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވަނީ މޫސާ އަލީ ޖަލީލްއެވެ. މާލޭގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓްގައި މޫސާ އަލީ ޖަލީލް ވާދަކުރައްވާނެ ކަމަށް ބައެއް މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުވެސް ކޮށްފައެވެ.
މޫސާ އަލީ ޖަލީލަކީ ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގެ އަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ މަޤާމާއި އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ހިމެނެއެވެ. އަދި މިނިސްޓްރ އޮފް ޑިފެންސް ނޭޝަނަލް ސެކިއުރިޓީގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ރައީސް މުހައްމަދު މުއިއްޒު އަރުވާފައިވަނީ 2024 ނޮވެމްބަރު 3 ވަނަ ދުވަހުއެވެ. އެ އިއްޒަތް އެރުވީ ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު