ރާއްޖެއަށް ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނާ ގޮތުގައި ރާއްޖޭގެ މެދު ރާއްޖެ މަތީގައި ދަނީ ވަރަށް ބޯކޮށް ވިއްސާރަ ވިލާތައް އުފެދެމުންނެވެ. އަދި ވެރިރަށް މާލެ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްރަށުގައި ފެން ބޮޑުވާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން މިގޮތަށް ލަފާ ކުރާއިރު ރާއްޖޭގެ މޫސުމާއިބެހޭ އިދާރާއިން ވަނީ މިއަދު ފަތިހުން ފެށިގެން މެދު ރާއްޖެ ތެރެއަށް ގުގުރުމައި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް "ވައިޓް" އެލާޓް ނެރެފައެވެ.
https://x.com/MetMaldives/status/2002163411283804521?t=rmsAhX0pSet7PF9t9fEBBA&s=19
މެޓް އޮފީހުން ބުނީ އެވްރޭޖްކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް ލާފަކޮށްފައިވާއިރު، މެދުރާއްޖެ ތެރޭގެ ރަށްތަކަށް ކަނޑުތައް ކުރިއަށް އޮތް 24 ގަޑިއިރުވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ރާއްޖޭގެ އުތުރާއި ދެކުނު ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު