އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވަމުންދާތީ ސުލްހަ ގާއިމް ކުރަން ވަރަށް ދަތިވެފައިވާ ކަމަށް ތުރުކީ އިން ބުނެފިއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހަކާމް ފިދާން ވިދާޅުވީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދިޔުމަކީ، އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް އަރައިގަތުމަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވަމުންދާ ކަމެއް ކަމުގައެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެކުލަވާލުމުގައި މެދުވެރިއަކަށްވި ހަތަރު ގައުމު ކަމަށްވާ އެމެރިކާ، މިސްރު، ގަތަރު އަދި ތުރުކީން ވަނީ، ހުކުރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ އަލުން މުރާޖައާ ކުރައްވާފައެވެ.
މިއާމީގައި ބޭއްވި މި މަޝްވަރާތަކަށްފަހު، މި ހަތަރު ގައުމުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފަރާތްތަކަށް އެމީހުންގެ ވައުދުތަކަށް ތަބާވެ، ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ވަނީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ 730 އަށް ވުރެ ގިނަ ފަހަރު ޚިލާފުވެ، ވައިގެ މަގުންނާއި، ބަޑިޖަހައިގެންނާއި، ސީދާ ބަޑިޖަހައިގެން ހަމަލާތައް ކުރިއަށް ގެންގޮސްފައެވެ.
އިސްރާއީލުން މިދިޔަ ހުކުރު ދުވަހު ވަނީ ހިޖުރަ ކޮށްފައިވާ މީހުން ދިރިއުޅޭ ސްކޫލަކަށް ހަމަލާދީ، 6 މީހުން މަރާލާފައެވެ. މި ހަމަލާއާއެކު އެއްބަސްވުމަށްފަހު އިސްރާއީލުގެ ހަމަލާތަކުގައި މަރުވި ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު 400 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު