މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފް ބަލައިގަންނަން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އަމުރުކޮށްފިއެވެ.
އަންވަރު ފުލުހުންގެ ބަންދުން ދޫކޮށްލި މައްސަލަ ބަލައިގަންނަށް ހައިކޯޓުން އަމުރުކުރީ، އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ދައުލަތުން ހައިކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފު ކުރުމުން އެމައްސަލަ ބަލައިނުގަންނަން ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ނިންމުމުން އެ ނިންމުން ރިވިއުކުރުމަށް ފަހުއެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވިފައިވާ އަންވަރު، ދޫކޮށްލާފައިވަނީ އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި އިޖުރާއަތު ގޯސްކަމަށް ބުނެއެވެ. އަންވަރު ދޫކޮށްލި ސަބަބެއް ކަމަށް ޤާޟީ ފާހަގަ ކުރަށްވާފައިވަނީ ހައްޔަރު ކުރުމުގެ އަމުރާއި، އޭނާގެ ތަންތަން ބަލައި ފާސްކުރުމުގެ އަމުރެއް އޮވެމެ، އިޖުރާއަތުތަކާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބުނެއެވެ.
ކޯޓުން އަންވަރު ދޫކޮށްލުމުން ފުރައިގެން އޭނާ ދިޔައީ ލަންކާއަށެވެ. ނަމަވެސް، ލަންކާއަށް އެތެރެވިޔަ ނުދީ ފޮނުވާލުމުން ރާއްޖޭން އަލުން އޭނާ ހައްޔަރުކުރިއެވެ.
އަންވަރަކީ 2019 ވަނަ އަހަރު އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކޮށް ދައުލަތުން ދައުވާކުރި މީހެކެވެ. އެގޮތުން، 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން އަތުލައިގަތް އީރާނުގެ ބޯޓެއްކަމަށްވާ "އަލްޝަބާން" އިން 70 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ފަސް ދިވެހިންނާއި އީރާންގެ ހަ މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކުރި ކޭސްގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރީ އަންވަރަށެވެ.

ކިޔުންތެރިންގެ ހިޔާލު