ފޯރިގަދަ ވާނެ ކަމަށް ބެލެވޭ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ޕްރައިމަރީގެ ޓައިމްލައިން އާންމު ކޮށްފިއެވެ.

އެމްޑީޕީ ޕްރައިމަރީގެ ޓައިމްލައިން:

22 ޑިސެމްބަރު 2025، ހޯމަ - ޕްރައިމަރީ ދާއިރާތަކަށް ކުރިމަތިލެއްވި ކެނޑިޑޭޓުންގެ ލިސްޓު އާންމުކުރުން. (ލިސްޓަށް ސަކުވާ ހުށައެޅުން 24 ގަޑިއިރު)

24 ޑިސެމްބަރު 2025، ބުދަ - ޕްރައިމަރީ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އާންމުކުރުން

25 ޑިސެމްބަރު 2025، ބުރާސްފަތި - ކެނޑިޑޭޓުންގެ މަންދޫބުންގެ ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން (19 ދުވަހުގެ މުއްދަތަށް)

25 ޑިސެމްބަރު 2025، ބުރާސްފަތި - 30 ނޮވެމްބަރު ގައި އާންމު ކުރެވުނު މެންބަރުންގެ ދަފްތަރަށް ސަކުވާ ހުށައެޅުމަށް ހުޅުވާލުން (3 ދުވަސްގެ މުއްދަތަށް)

25 ޑިސެމްބަރު 2025، ބުރާސްފަތި- ރީ-ރަޖިސްޓްރޭޝަންއަށް ފުރުޞަތު ހުޅުވާލުން - (11 ދުވަހުގެ މުއްދަތަށް)

27 ޑިސެމްބަރު 2025، ހޮނިހިރު - 30 ނޮވެމްބަރު ގައި އާންމު ކުރެވުނު މެންބަރުންގެ ދަފްތަރަށް ސަކުވާހުށަހެޅުމުގެ  ފަހުގެ ވަގުތު – ހަވީރު 4:00

03 ޖެނުއަރީ 2026، ހޮނިހިރު - ރީ-ރަޖިސްޓްރޭޝަންއަށް ހުށަހަޅާނެ ފަހުގެ ވަގުތު – ހަވީރު 4:00.

04 ޖެނުއަރީ 2026، އާދިއްތަ - ރީ-ރަޖިސްޓްރޭޝަންކުރި ފަރާތްތަކުގެ ލިސްޓު ޢާންމުކުރުން، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު (3 ދުވަހުގެ މުއްދަތަށް)

07 ޖެނުއަރީ 2026، ބުދަ - ވޯޓުލާ މަރުކަޒު ބަދަލުކުރި ލިސްޓަށް ސަކުވާ ހުށައެޅުމުގެ ފަހުދުވަސް – ހަވީރު 4:00.

08 ޖެނުއަރީ 2026، ބުރާސްފަތި - ވޯޓަރުންގެ ދާއިމީ ލިސްޓު ޢާންމުކުރުން.

10 ޖެނުއަރީ 2026، ހޮނިހިރު - ކެނޑިޑޭޓުންގެ މަންދޫބުންގެ ނަން ހުށަހެޅުމުގެ ފަހުދުވަސް – ހަވީރު 4:00.

10 ޖެނުއަރީ 2026، ހޮނިހިރު - ވޯޓިންގ ސްޓޭޝަންތަކާއި ވަގުތު އިޢުލާން ކުރުން

16 ޖެނުއަރީ 2026، ހުކުރު - ވޯޓިންގ ދުވަސް، ވަގުތު: 14:30 އިން 20:00

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ޕްރައިމަރީގެ ޓައިމްލައިން އާންމު ކޮށްފައިވާއިރު، ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު