އިޒްރޭލުގެ އަސްކަރީ ހަމަލާތަކުގައި މިއަހަރުގެ ކުރީކޮޅު ގެއްލުން ދީފައިވާ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް، އަލުން ފުޅާކުރަމުންދާތީ އިޒްރޭލުގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. އަދި އެ ތަންތަނަށް އަލުން ހަމަލާދިނުމާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕަށް މައުލޫމާތު ދިނުމަށް އިޒްރޭލުން ތައްޔާރުވަމުންދާ ކަމަށް، މި ކަމުގެ ސީދާ މައުލޫމާތު ހުރި މީހަކާއި އެމެރިކާގެ ކުރީގެ ހަތަރު އޮފިޝަލަކު ބުނެފިއެވެ.
މީގެ އިތުރުން، މިދިޔަ ޖޫން މަހު އެމެރިކާއިން ބޮން އެޅި އީރާނުގެ ނިއުކްލިއާ މަރުކަޒުތައް އަލުން އާބާދުކުރަމުންދާތީވެސް އިޒްރޭލުން ކަންބޮޑުވެއެވެ. ނަމަވެސް، މަސްދަރުތަކުން ބުނާ ގޮތުގައި، އިޒްރޭލުން އެންމެ ބޮޑު އިސްކަމެއް ދެނީ އީރާނުގެ ބެލިސްޓިކް މިސައިލް އުފައްދާ ތަންތަނާއި ހަލާކުވެފައިވާ ވައިގެ ދިފާއީ ނިޒާމުތައް މަރާމާތުކުރަމުންދާ ދިއުމަށެވެ.
މި މަހުގެ ފަހުކޮޅު ފްލޮރިޑާގެ މާ-އަ-ލާގޯގައި ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ. އެ ބައްދަލުވުމުގައި، އީރާނުގެ މިސައިލް ޕްރޮގްރާމަކީ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ފަދަ ނުރައްކަލެއް ކަމަށް ނަތަންޔާހޫ ޓްރަމްޕަށް ވިސްނައިދެއްވާނެ ކަމަށް ބެލެވެއެވެ.
ނަތަންޔާހޫގެ ދިފާއުގައި ދައްކަވާނެ ވާހަކަތަކުގެ ތެރޭގައި، އީރާނުގެ އަމަލުތަކަކީ ހަމައެކަނި އިޒްރޭލަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، މުޅި ސަރަހައްދަށާއި އެމެރިކާގެ މަސްލަހަތުތަކަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ. އަދި ކުރިއަށް އޮތް އަސްކަރީ އޮޕަރޭޝަންތަކުގައި އެމެރިކާ ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް ހުރި ފުރުސަތުތައް ޓްރަމްޕަށް ހުށަހަޅުއްވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޑިސެމްބަރު 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމާ ގުޅޭގޮތުން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، ރަސްމީކޮށް އަދި އެކަން ނުނިންމި ނަމަވެސް ނަތަންޔާހޫ އޭނާއާ ބައްދަލުކުރަން ބޭނުންފުޅުވާ ކަމަށެވެ. އިޒްރޭލުގެ އޮފިޝަލުން ވަނީ ޑިސެމްބަރު 29 ގައި ބައްދަލުވުން އޮންނާނެކަން އިއުލާންކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އިޒްރޭލު ސަރުކާރުން އެއްޗެއް ބުނަން އިންކާރުކޮށްފައިވާއިރު، އދ. ގައި ހުންނަ އީރާނުގެ މިޝަނުންވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު އޭނާ ކެލީ ވިދާޅުވީ، "އޮޕަރޭޝަން މިޑްނައިޓް ހެމަރ" އިން އީރާނުގެ ނިއުކްލިއާ ގާބިލްކަން މުޅިން ނައްތާލާފައިވާ ކަމަށް އައި.އޭ.އީ.އޭ އާއި އީރާނު ސަރުކާރުންވެސް އެއްބަސްވާ ކަމަށެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފައްދަން މަސައްކަތްކޮށްފިނަމަ، އެކަން ކާމިޔާބުވުމުގެ ކުރިން އެ ތަނެއް ފުނޑުފުނޑުކޮށްލާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނަށް އިތުރު ހަމަލާތަކެއް ދިނުމަށް އިޒްރޭލުން ރާވަމުން މިދަނީ، ވެނެޒުއޭލާއަށް ހަމަލާދިނުމާ މެދު ޓްރަމްޕް ވިސްނަވަމުންދާ ދަނޑިވަޅެއްގައެވެ.
ޖޫން މަހު އެމެރިކާއިން ދިން ހަމަލާތަކުގައި 100 އަށްވުރެ ގިނަ މަތިންދާބޯޓާއި، ސަބްމެރިންއެއްގެ އިތުރުން ހަތް ބީ-2 ބޮމާ ބޭނުންކޮށްފައިވެއެވެ. އެ ހަމަލާތަކުން އީރާނުގެ ނިއުކްލިއާ މަރުކަޒުތައް "ފުނޑުފުނޑު" ކޮށްލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ލިބުނު ގެއްލުން ޓްރަމްޕް ވިދާޅުވިހާ ބޮޑެއް ނޫނެވެ.
އޭޕްރީލް އަދި އޮކްޓޯބަރު 2024 ގައި އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ އެންމެ ކުރިއަރާފައިވާ އެސް-300 ވައިގެ ދިފާއީ ނިޒާމުތައް ވަނީ ހަލާކުކޮށްލާފައެވެ. މީގެ ސަބަބުން އީރާނުގެ ވައިގެ ސަރަހައްދަށް ވަނުމަށް އޮތް ނުރައްކާ ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
އީރާނުގެ މިސައިލް ޕްރޮގްރާމާ ޚިލާފަށް، އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް އެމެރިކާގެ ސީދާ އެހީތެރިކަން ބޭނުންވީ، އެ ތަންތަން ފުނޑުފުނޑުކޮށްލަން އެމެރިކާގައި އުފައްދާ 30،000 ޕައުންޑުގެ ބަންކާ-ބަސްޓިންގ ބޮން ބޭނުންވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު