ރައީސް ނަޝީދާއި، ރައީސް ޞާލިޙް
ރައީސް ނަޝީދާއި، ރައީސް ޞާލިޙް
ދެ ބޭފުޅުންގެ ގުޅުމަށާއި އެމްޑީޕީއަށް ދެން ލޮޅުމެއް ނާރާނެ ކަމަށާއި، ބައިބައިވުމަށް ދެ ރައީސުން ވެސް ފުރުސަތު ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހިޔާލު ތަފާތުވުންތަކުގައި ތިއްބެވުމަށް ފަހު ރައީސް ޞާލިޙާއި ރައީސް ނަޝީދު މިއަދު ވަނީ ބައްދަލު ކުރަށްވާފައެވެ. އެދެބޭފުޅުން ބައްދަލު ކުރަށްވާފައިވަނީ، ދެ ރައީސުން އެކުގައި މަސައްކަތް ނުކުރުމުގެ ކަންބޮޑުވުމަށް ހައްލު ހޯދުމަށް އެމްޑީޕީގެ އާއްމު މެންބަރުން އެދެމުން ދިއުމުގެ ސަބަބުންނެވެ.

ދެބޭފުޅުން މިއަދު ބޭއްވި ބައްދަލު ވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކުރިން ވީކަހަލަ ކަމެއް ދިމާނުވާނެ ގޮތަށް އެއަށްވުރެ ކައިރިން ވާހަކަ ދެކެވިއްޖެނަމަ ދެން އިތުރު ލޮޅުމެއް އެމްޑީޕީއަށާއި، ދެބޭފުޅުންގެ ގުޅުމަށްވެސް ނާރާނެ ކަމަށެވެ.

"އެއީ ވެގެންވާނެ ކަންކަމެއް ނޫން އެއީކީ، އޭރު އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ދެކެވެން ހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ހުރީމައި އެ ހިސާބަށް ދިޔަ ކަމަށް ގަބޫލުކުރެވެނީ." ރައީސް ސޯލިހު މިއަދު ވިދާޅުވި އެވެ.

މި ބައްދަކުވުމަށް ފަހު ދެ ރައީސުން ވެސް ވަނީ އެމްޑީޕީގެ ޙަރަކާތްތަކުގައި އެކުގައި މަސައްކަތް ކުރަށްވާނެކަން އިއުލާން ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު