މިއަހަރުގެ ޑިސެންބަރު މަހާއި އަންނަ އަހަރުގެ ޖެނުއަރީ މަހު ތެރޭގައި ރާއްޖެއިން ޖުމްލަ 7,726 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 1,049 ޢުމްރާވެރިން ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޑިސެމްބަރާއި ޖެނުއަރީގެ ޢުމްރާ ދަތުރުތައް މިމަހުގެ 21 ވަނަ ދުވަހު ފަށާފައިވާއިރު، މި ސިލްސިލާގެ އެންމެ ފަހު ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 9 ވަނަ ދުވަހުއެވެ.
ރާއްޖޭގައި އާންމުކޮށް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ ބަޔަކު ޢުމްރާއަށް ދާއިރު، މި ދުވަސްވަރު ބައެއް ކުންފުނިތަކާ މެދު އާންމުންގެ ޝަކުވާތައް އިތުރުވަމުންދާކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅާފައިވާކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާވެރިންގެ އަތުން ނަގާ ފައިސާ ހަމައެކަނި އެކަމުގެ ޚަރަދުތަކަށް ބޭނުން ކުރުމަށާއި، އެހެން ކަންކަމަށް އިންވެސްޓު ނުކުރުމަށް އަންގާފައެވެ.
އަދި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްބަސްވުންތަކާ ޚިލާފުވާ ކުންފުނިތަކާމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު