މަސައްކަތް ނުކޮށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަބަދު އުޅުއްވަނީ ޗުއްޓީގައި ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވެފައި މިވަނީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ސިންގަޕޫރަށް ފުރާވަޑައިގަތުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓުގައި މަލީހް ވިދާޅުވީ މަސައްކަތް ނުކޮށް ރައީސް މުއިއްޒު އަބަދު އުޅުއްވަނީ ޗުއްޓީގައި ކަމަށާއި، ދެއިރު ދެ ދަޅަޔަށް ސިންގަޕޫރަށް ވަޑައިގަންނަވަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
"މުސާރަ ހަލާލު ކުރެވޭ ވަރު ކުރަން ޖެހޭ" ރައީސްގެ މި ދަތުރުފުޅަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި މަލީހް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާއިރު ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް މިދިޔަ ޖޫން މަހުގެ 29 ގައި އެމަނިކުފާނު ވަނީ ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއްވެސް ކުރަށްވާފައެވެ.
2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް، އެންމެ ފުރަތަމަ ރައީސް މުޢިއްޒު ވަޑައިގެންނެވީ ސިންގަޕޫރަށެވެ. އޭގެފަހުން ދޭތެރެ ދޭތެރެއިން އެމަނިކުފާނު ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތައް ކުރަށްވައެވެ.

ކިޔުންތެރިންގެ ހިޔާލު