ބާރުގަދަ ބިންހެލުމަކާއި އެކު ތައިވާނަށް ސުނާމީގެ އިންޒާރު ދީފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ބާރުމިނުގައި 7.0 މެގްނިޓިއުޑް ހުރި މި ބިންހެލުން އައީ ތައިވާންގެ އައްސޭރިފަށަށެވެ. ބިންހެލުމުގެ އަސަރު ގިނަ ބަޔަކަށް ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ތައިވާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ބިންހެލުން އައިސްފައި ވަނީ ބިމުގެ ސަތަހައިން 64 ކިލޯމީޓަރު ފުނަށް ކަމުގައެވެ. ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ އިންޒާރު ނެރުމާ އެކު, ތައިވާނުން ވަނީ ރައްކާތެރި ފިޔަވަޅުތައް އަޅަން ފަށާފައެވެ.
މިއީ, ފާއިތުވި 25 އަހަރުގެ ތެރޭގައި ތައިވާނަށް އައިސްފައިވާ އެންމެ ބާރުގަދަ ދެވަނަ ބިންހެލުމެވެ. އެންމެ ފަހުން މި ފަދަ ބާރުގަދަ ބިންހެލުމެއް ތައިވާނަށް އައިސްފައި ވަނީ 1999 ވަނަ އަހަރުއެވެ. އެ އަހަރު އައި ރިކްޓަރ މިންގަނޑުން 7.6ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމާ ގުޅިގެން 2,400އެއްހާ މީހުން މަރުވިއެވެ. އަދި, 50,000އެއްހާ ޢިމާރާތް ވެއްޓުނެވެ. ނުވަތަ ގެއްލުންވިއެވެ.

ކިޔުންތެރިންގެ ހިޔާލު