ހުޅަނގު އައްސޭރީގައި ހުންނަ އަސްކަރީ ޗެކްޕޮއިންޓުތަކުގައި މަސައްކަތްކުރާ އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިންނާއި އޮފިސަރުން، ފަލަސްޠީނު މީހުންގެ އަތުން ރިޝްވަތު ނަގައިގެން އެމީހުން އިޒްރޭލަށް ވަނުމަށް ފުރުޞަތު ދީފައިވާކަން ހާމަވެއްޖެއެވެ.
އިޒްރޭލުގެ އަސްކަރީ ފުލުހުންގެ ތަޙުޤީޤުތަކުން ދައްކާގޮތުގައި، މަސައްކަތެއް ހޯދުމަށް އިޒްރޭލަށް ވަންނަން ބޭނުންވާ ފަލަސްޠީނު މީހުންގެ އަތުން ސިފައިން ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައެވެ.
މި އަމަލު ހިންގާފައިވަނީ ހިފާފައިވާ ގުދުސްގެ އުތުރުގައި ހުންނަ ތިން ޗެކްޕޮއިންޓެއްގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެއީ އޮފްރާ ކްރޮސިންގް އާއި، ބިއްދޫ އަދި އިކްސާ އަވަށާ ކައިރީގައި ހުންނަ ޗެކްޕޮއިންޓްތަކުގެ އިތުރުން ޝުއަފާތު ކައިރީގައި ހުންނަ ޗެކްޕޮއިންޓެވެ.
މި ޗެކްޕޮއިންޓުތަކުން ފައިސާ ދީގެން ވަން މީހުންގެ ތެރޭގައި، ފާއިތުވި ހުކުރު ދުވަހު ބީސާންގައި ހަމަލާދީ އިޒްރޭލުގެ ދެ ޔަހޫދީން މަރާލި އަހްމަދު އަބޫ އަލްރޫބް ވެސް ހިމެނޭ ކަމަށް ތަހުގީގުތަކުން ވަނީ ހާމަވެފައެވެ.
އެގޮތުން ކޮންމެ މީހަކަށް 50 ޝެކޭލް ނުވަތަ މުޅި ކާރަކަށް 1,500 ޝެކޭލް (ގާތްގަނޑަކަށް 400 ޑޮލަރު) ރިޝްވަތުގެ ގޮތުގައި ނަގާފައިވާކަން ތަހުގީގުތަކުން ވަނީ ހާމަވެފައެވެ. އެއް ފަހަރަކު ފަލަސްޠީނުގެ ވިޔަފާރިވެރިއަކު ފުލުސް ކާރެއްގައި އިޒްރޭލަށް އެތެރެވުމަށް 5,000 ޝެކޭލް ދީފައިވާ ކަންވެސް ތަހުގީގަށް ވަނީ ހޯދިފައެވެ.
ރިޝްވަތު ދިނުމުގައި ފަލަސްޠީނު މީހުން ބޭނުންކުރަނީ ތަފާތު އުކުޅުތަކެވެ. އޭގެ ތެރޭގައި އައިޑީ ކާޑު ތެރެއަށް ފައިސާ
ލައިގެން ދިނުމާއި، ކާރު ބަލާ ފާސްކުރާ ވަގުތު ކާރުގެ ފަހަތު ސީޓުގައި ފައިސާ ހުންނަ ސިޓީއުރައެއް ބޭއްވުން ހިމެނެއެވެ.
ރިޝްވަތު ނެގުމުގެ އިތުރުން، މި ޗެކްޕޮއިންޓުތަކުން ވަނީ އޮޅުވާލައިގެން 300 އެއްހާ ރަސްމީ ހުއްދަވެސް ދޫކޮށްފައެވެ. މިއީ ވަރަށް ބިރުވެރި ކަމެއްގެ ގޮތުގައި އިޒްރޭލުގެ ސިފައިން ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު