އުތުރުތިލަފަޅުގައި "ހޯޕް އައިލެންޑް" ނުވަތަ ރީހެބިލިޓޭޝަން ސެންޓަރެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޙުުސައިން ވިދާޅުވީ، މާލެ ސަރަހައްދު ބްރިޖުން ގުޅާލައި ތަރައްގީކުރަމުން އަންނަ ސަރަހައްދެއްގައި ޖަލެއް ނުވަތަ އިސްލާހިއްޔާއެއް ބިނާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި، އެފަދަ ތަނެއް އެޅުމަށް އެންމެ އެކަށީގެންވާ ތަނަކީ މާލެ ސަރަހައްދާ އެކަހެރިކޮށް އޮތް، މި ސަރުކާރުން ހިއްކަމުން އަންނަ ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެ ކަމަށް އޭނާ ލަފާދެއްވިއެވެ.
ހުސެއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އުތުރުތިލަފަޅަކީ ކުރީގެ ސަރުކާރުން "ބިންވެރިޔާ" ސްކީމްގެ ދަށުން 19،000 އަށްވުރެ ގިނަ މީހުންނަށް ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދެކެވެ. އެހެންކަމުން، އެތަނުގައި ޖަލެއް ބިނާކުރުމަކީ ގިނަ އާއިލާތަކެއްގެ ބޯހިޔާވަހިކަމުގެ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޙުސައިން މިހެން ވިދާޅުވެފައިވާއިރު، މި މަޝްރޫއަކީ ކްރޮސް ސަބްސިޑީ އުސޫލުން 15 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެއް ކަމަށާއި، އަންނަ މަހު އަމަލީ މަސައްކަތް ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު