އެމެރިކާ ނުވަތަ އިސްރާއީލުން އީރާނާ ދެކޮޅަށް އެއްވެސް އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ، ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ.
އީރާނުން މިގޮތަށް އިންޒާރު ދީފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައި، އީރާނުން ނިއުކްލިއާ ނުވަތަ މިސައިލް އުފައްދަން މަސައްކަތްކޮށްފިނަމަ ހަމަލާދޭނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނަކަށް ދޭނެ ރައްދު ވާނީ ވަރުގަދަ އަދި ހިތާމަކުރަންޖެހޭނެ ފަފަ ރައްދަކަށް ކަމަށެވެ.
މީގެ ކުރިން އެމެރިކާއިން ބޮޑަށް ސަމާލުކަން ދީފައިވަނީ އީރާނުގެ ނިއުކްލިއާ ހަރަކާތްތަކަށެވެ. ނަމަވެސް، މިފަހަރު ޓްރަމްޕް ވަނީ އީރާނުގެ މިސައިލް ޕްރޮގްރާމަށްވެސް ހަމަލާދޭނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. މިއީ އިސްރާއީލުން ދިގު މުއްދަތަކަށް އެދެމުން އައި ކަމެކެވެ.
އީރާނުން ބުނަމުންދަނީ އެގައުމުގެ ނިއުކްލިއާ މަސައްކަތަކީ މަދަނީ ބޭނުންތަކަށް ކުރާ ކަމެއް ކަމަށާއި، މިސައިލް އާސެނަލްއާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު