ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާ މީހުން-
ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާ މީހުން-
ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކުމުގެ ތުހުމަތުގައި މާލެއިން 5 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕެރިޔަ (44އ) އާއި، ސަރަވަނާން ސުބާއިހް (43އ) އާއި، ސިތްރިމަން ގަނިސަން (53އ) އާއި، ރަވިންދުރަ ކުމާރު (37އ) އާއި، ރާޖާ ރަމަލިންގަމް (47އ) ކަމަށެވެ. މި އެންމެންނަކީވެސް އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައި ވާ ކަމަށެވެ.

މި އެންމެވެސް ރާއްޖެއިން ޑީޕޯޓުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު