ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2020 ވަނަ އަހަރު އެކި ދުވަސްމަތިން، އަންހެނަކާއި، އުމުރުން 18 އަހަރު ނުފުރޭ 3 ކުދިންނަށް ރުޤްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިއްކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްފައިވަނީ 30 ޑިސެންބަރު 2020 ދުވަހުއެވެ.
މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ / އިސްމާއީލް ވަހީދު އާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ / މުހައްމަދު އަސީލްގެ މައްޗަށެވެ.
މި މައްސަލައިގައި މުހައްމަދު އަސީލްގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުއްޖެއްގެ ޙާޒިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ދައުވާ އާއި، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ދައުވާގެ އިތުރުން އަނިޔާއެއް ދިނުމުގެ ދައުވާ އަދި ގައިގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.
އިސްމާއީލް ވަހީދުގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދައުވާ އާއި، މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި ގައިގައި އަތްލުމުގެ ކުށުގެ ދެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ. އެގޮތުން މުހައްމަދު އަސީލްގެ މައްޗަށް ވަނީ 25 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށްތަކަކީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމާއި، ކުޑަކުއްޖެއްގެ ކުރިމަތީގައި ޖިންސީ ޢަމަލެއް ހިންގުމާއި، ޖިންސީ ގޯނާކުރުމުގެ އިތުރުން ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމުގެ ކުށާއި، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، އަނިޔާއެއް ދިނުމާއި، މީހެއްގެ ގައިގައި އަތްލުމުގެ ކުށެވެ.
މި މައްސަލައިގައި ދެން ހިމެނޭ އިސްމާޢީލް ވަޙީދުގެ މައްޗަށް ސާބިތުވި ކުށްތަކަކީ ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށާއި، ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށާއި، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ދަޢުވާއާއި، ދެ މައްސަލައެއްގައި މީހެއްގެ ގައިގައި އަތްލުމުގެ 2 ދަޢުވާ އެވެ. މި ދައުވާތައް ސާބިތުވެ، އޭނާ 6 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު