މިއަހަރަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މީލާދީ އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފެށުނު މީލާދީ އައު އަހަރުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދު ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސް ކުރެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އައު އަހަރެއްގެ ފެށުމަކީ ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ތިމާ އުފަންވި ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރަންޖެހޭ ވަގުތެކެވެ.
މިއަހަރުގެ މުހިންމުކަމަށް އަލިއަޅުއްވާ ލައްވަމުން ރައީސް ވިދާޅުވީ، މިއީ ތާރީޚީގޮތުން ވަރަށް މުހިންމު މުނާސަބާއެއް ދިވެހީންނާ ބައްދަލުކުރާނޭ އަހަރެއް ކަމަށެވެ. އެއީ ދިވެހިރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ އަހަރެވެ. ރައީސް ސިފަކުރެއްވި ގޮތުގައި މިއީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚެވެ.
މީގެ އިތުރުން، މާތްﷲގެ ވާގިފުޅާއެކު މިއަހަރަކީ ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދިވެހީންނަކީ ކާބަފައި ޒަމާނުއްސުރެ ޤައުމުގެ ތަމައްދުނާއި ތަރައްޤީއަށްޓަކައި ގަދައަޅައި މަސައްކަތްކުރާ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން، ވަފާތެރި އަދި ޤާބިލް ދިވެހި ދަރީންތަކެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. އަދި ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ރާއްޖެ ގެންދިއުމަށް ކުރާ ދަތުރުގައި އިތުރު ކާމިޔާބީތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ރާއްޖެއަށް ބަރަކާތާއި، އުފާވެރިކަމާއި، ރޯޝަންކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު