އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އިތުރަށް ފުޅާކޮށް، ޕާޓީގެ ކުރީގެ ވަރުގަދަ ރޫޙަށް އަނބުރާ ގެންދިއުމުގެ މަގުސަދުގައި އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް ވިސްނަވަމުންދާކަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އިޢުލާން ކުރަށްވައިފިއެވެ.
މޫސާ މަނިކު މިކަން ހާމަކުރެއްވީ އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ސިޔާސީ މައިދާނުގައި އެ ޕާޓީއަކީ ނުފޫޒުގަދަ ބާރެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާކޮށް، ސިޔާސީ ޕާޓީއެއްގެ ހަގީގީ ރޯލު އަދާކުރުމުގައި އިހު އޮތް ފޯރިއާއި ޖޯޝް ގެނައުމަކީ މިއަދު މުހިންމު ކަމެއް ކަމަށެވެ. އަދި ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ހޯދައި، ވަރުގަދަ އިދިކޮޅު ސިޔާސީ ހަރަކާތްތަކެއް ހިންގުމަށްޓަކައި ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލުމަށް ވިސްނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީގެ ހަރަކާތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކޮށް ސިޔާސީ ޕާޓީއެއްގެ ރޯލު އަދާކުރުމުގައި އިހު އޮތް ރޫޙު އާލާކުރުމަށްޓަކައި އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އަޅުގަނޑު ކުރިމަތިލުމަށް ވިސްނާ ވާހަކަ ދަންނަވަން،" މޫސަ ވިދާޅުވިއެވެ.
މޫސާ މަނިކަކީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އިސް ދައުރެއް އަދާކުރަށްވާފައިވާ، އަދި ކުރިންވެސް ޗެއަރޕާސަންގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޕާޓީގެ އެތެރޭގެ މަސްލަހަތުތަކަށް އައި ބަދަލުތަކާއެކު ދުވަސްތަކަކު ޕާޓީއާ ދުރުގައި ހުންނެވުމަށްފަހު، އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 9 ނޮވެމްބަރު 2022 ގައެވެ.
މޫސަ މި މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވިއިރު، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ، އެ މަޤާމަށް ޕާޓީގެ ތެރޭގައި މިހާރުވެސް ބައެއް ބޭފުޅުން ގެންދަވަނީ ކެމްޕޭން ކުރަށްވަމުންނެވެ.

އެމްޑީޕީގެ ހަރަކާތްތަށް ފުޅާކޮށް އިތުރަށް ވަރުގަދަކޮށް ސިޔާސީ ޕާޓީއެއްގެ ރޯލު އަދާކުރުމުގާ އިހު އޮތް ރޫޙުއާލާކުރުމަށްޓަކާ MDP ގެ ޗެއަރ ޕަރސަން ކަމަށް އަޅުގަނޑު ކުރިމަތިލުމަށްވިސްނާ ވާހަކަ ދަންނަވަމެވެ. pic.twitter.com/XusEDfmty4
— Moosa Maniku (Reeko) (@ReekoMoosa) January 1, 2026
މޫސާ މަނިކަކީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އިސް ދައުރެއް އަދާކުރަށްވާފައިވާ، އަދި ކުރިންވެސް ޗެއަރޕާސަންގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޕާޓީގެ އެތެރޭގެ މަސްލަހަތުތަކަށް އައި ބަދަލުތަކާއެކު ދުވަސްތަކަކު ޕާޓީއާ ދުރުގައި ހުންނެވުމަށްފަހު، އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 9 ނޮވެމްބަރު 2022 ގައެވެ.
މޫސަ މި މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވިއިރު، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ، އެ މަޤާމަށް ޕާޓީގެ ތެރޭގައި މިހާރުވެސް ބައެއް ބޭފުޅުން ގެންދަވަނީ ކެމްޕޭން ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު