ކުއަލަލަމްޕޫރުން ފުރައިގެން ބެއިޖިންއަށް ދަތުރުކުރަނިކޮށް، 239 މީހުންނާއެކު މެލޭޝިއާ އެއަރލައިންސްގެ ފްލައިޓް އެމްއެޗް 370 ގެއްލުނުތާ 11 އަހަރަށްވުރެ ގިނަ ދުވަސް ފަހުން، އެ ބޯޓުގެ ބައިތައް ހޯދުމުގެ މަސައްކަތް މެލޭޝިއާ ސަރުކާރުން އަލުން ފަށައިފިއެވެ.
މެލޭޝިއާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ޚާއްސަ ކުރެވިފައިވާ "އަރުމާޑާ 8605" ނަމަކަށް ކިޔާ ބޯޓު މިހާރު ވަނީ ކަނޑުގެ އަޑި ބެލުމަށް ބޭނުންކުރާ ދެ އުޅަނދާއެކު ކަނޑައެޅިފައިވާ ސަރަހައްދަށް ގޮސްފައެވެ.
މާރިޗު 8، 2014 ގައި މި ބޯޓު ރާޑަރުތަކުން ގެއްލުނު ހާދިސާއަކީ މުޅި ދުނިޔޭގެ އޭވިއޭޝަން ތާރީޚުގައިވެސް ހިނގާފައިވާ އެންމެ އާދަޔާޚިލާފު އަދި ހެއްކެއް ނުލިބިވާ އެންމެ ބޮޑު އެއް ސިއްރެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ގިނައީ ޗައިނާ ރައްޔިތުން ކަމަށްވީ ނަމަވެސް، އޭގެ ތެރޭގައި މެލޭޝިއާ، އިންޑޮނޭޝިއާ، އޮސްޓްރޭލިއާ، އިންޑިއާ، އެމެރިކާ، ނެދަލޭންޑްސް އަދި ފަރަންސޭސިވިލާތުގެ ރައްޔިތުންވެސް ހިމެނެއެވެ. މީގެ ކުރިން ބޭއްވުނު ދުނިޔޭގެ އެންމެ ބޮޑު ސާރޗް އޮޕަރޭޝަންތަކުންވެސް މި ބޯޓުގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު