ދަރިއަކު ލިބުމަކީ އާއިލާއަކަށް ލިބޭނެ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމެވެ. ނަމަވެސް، ރާއްޖޭގެ ގިނަ އާއިލާތަކަކަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ހިތްދަތި ހަގީގަތަކީ، ވިހެއުމާ ގުޅިގެން މައިންނަށް ކުރިމަތިވާ ނަފްސާނީ ބަލިމަޑުކަން ނުވަތަ 'ޕޯސްޓްޕާޓަމް ޑިޕްރެޝަން' އެވެ. މިއީ ހަމައެކަނި މައިމީހާގެ ސިއްހަތަށް ހުރި ނުރައްކަލެއް ނޫނެވެ. މީގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ޖެހި، ކައިވެނި ރޫޅުމާއި އާއިލީ ގުޅުމަށް ބޮޑެތި ލޮޅުންތައް އަރަމުންދާ ކަމަށް މާހިރުން ފާހަގަކުރެއެވެ.
ވިހެއުމަށްފަހު ފުރަތަމަ ދެތިން ދުވަހު ގިނަ މައިންނަށް "ބޭބީ ބްލޫސް" ނުވަތަ ދެރަވުމާއި، ނިދިނައުމާއި، އަދި ކުއްލި ކުއްލިއަށް މޫޑު ބަދަލުވުން ފަދަ ކަންކަން ކުރިމަތިވެއެވެ. އާންމުގޮތެއްގައި ދެ ހަފްތާގެ ތެރޭގައި މިކަންކަން ރަނގަޅުވި ނަމަވެސް، ބައެއް މައިންނަށް މިއަށްވުރެ މާ ނުރައްކާތެރި އަދި ގިނަ ދުވަހަށް ދެމިގެންދާ "ޕޯސްޓްޕާޓަމް ޑިޕްރެޝަން" ކުރިމަތިވެއެވެ. މިއީ މީހާގެ ބަލިކަށިކަމެއް ނޫނެވެ. އަދި އެއީ އަމިއްލަ އިޚްތިޔާރުގައި ވާކަމެއްވެސް ނޫނެވެ. މިއީ ވިހެއުމާ ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލައެކެވެ. މި ހާލަތުގައި އަނބި މީހާއަށް ފިރިމީހާގެ ލޯބި އަދި އަޅާލުން އިންތިހާއަށް ބޭނުން ވާނެއެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް އިތުބާރު ކުޑަވުމާއި، ބޭކާރު މީހެއް ކަމުގެ އިހުސާސްވުމާއި، އަދި އަމިއްލަ ނަފްސަށް ނުވަތަ ދަރިފުޅަށް ގެއްލުމެއް ދިނުމުގެ ހިޔާލުތައް އައުން ހިމެނެއެވެ. މީގެ އިތުރުން، ވަރަށް މަދުން ނަމަވެސް "ޕޯސްޓްޕާޓަމް ސައިކޯސިސް" ކިޔާ މާ ނުރައްކާތެރި ހާލަތެއް ވެސް މައިންނަށް ދިމާވެއެވެ. މި ހާލަތުގައި މީހާ އޮޅުންބޮޅުންވުމާއި، ނެތް އެއްޗެހި ފެނުމާއި ، އަދި ވަރަށް ބޮޑަށް ބިރުގަތުން ފަދަ ކަންކަން މެދުވެރިވެއެވެ. މިއީ ފުރާނައަށް ނުރައްކާވެދާނެ ހާލަތަކަށް ވާތީ، މިފަދަ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންޖެހެއެވެ.
ދަރިއެއް ލިބުމާއިގުޅިގެން ނަފްސާނީ ބަލިމަޑުކަން ތަހައްމަލް ކުރަނީ ހަމައެކަނި މައިންނެއް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި ދަރިއަކު ލިބުމުން ބަފައިންނަށް ވެސް މިފަދަ ނަފްސާނީ އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.
ހާއްސަކޮށް ޒުވާން އުމުރުގެ ބަފައިންނާއި، މާލީ ދަތިކަން ހުންނަ ފަރާތްތަކަށް މި ނުރައްކާ ބޮޑެވެ. ބަފައިންނަށް ދިމާވާ މި މައްސަލައަށް ފަރުވާ ނުހޯދައިފިނަމަ، ދެމަފިރިންގެ ގުޅުމަށާއި ދަރިފުޅުގެ ހެދިބޮޑުވުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.
އެހެންކަމުން، ބަލީގެ އަލާމާތްތައް ދެ ހަފްތާއަށްވުރެ ގިނަވާނަމަ ނުވަތަ ކަންކަން ކުރަން އުނދަގޫވާނަމަ، ލަސްނުކޮށް ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުމަކީ މުޅި އާއިލާގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު