އައު އަހަރު ފެށުން ފާހަގަކުރުމަށް ބޭއްވި ޑްރޯން ޝޯއަކީ ރައީސް މުޢިއްޒުގެ ޝަޚުޞިއްޔަތު އިސްތިހާރުކުރުމަށް ރޭވި ކަމެއްގެ ގޮތުގައި ސިފަކޮށް، އެކަމަށް ދައުލަތުގެ ބަޖެޓުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި 15 މިނިޓުގެ މި ހަރަކާތުގައި 600 އެއްހާ ޑްރޯން ބޭނުންކޮށްފައިވާއިރު، އޭގެ ތެރޭގައި ހަވާގެ ކުޅިވަރުތައް ދައްކައިދޭ 75 "ޕައިރޯ ޑްރޯން" ހިމެނޭކަން ވަނީ ހާމަވެފައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި ގިނަ ބަޔަކު ބުނަމުންދަނީ، ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ވެރިމީހާގެ އަމިއްލަ ޝަޚުޞިއްޔަތު ޕްރޮމޯޓުކުރުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، ރައީސްގެ މަގުބޫލުކަން އިތުރުކުރުމުގެ މަގްސަދުގައި މި ޝޯވް އިންތިޒާމުކުރި ކަމަށް ބެލެވުނު ނަމަވެސް، މި ހަރަކާތް ސޯޝަލް މީޑިއާގައި ބޮޑު "މީމް" އަކަށް ބަދަލުވެ، އުއްމީދުކުރި ނަތީޖާއާ ދިމާ އިދިކޮޅަށް ކަންތައްތައް ހިނގާފައިވާކަމަށް ގިނަ ބަޔަކު ދަނީ އެކި މަންސަތަކުގައި ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު