ރައީސް ޑރ މުހައްމަދު މުއިއްޒު-
ރައީސް ޑރ މުހައްމަދު މުއިއްޒު-
އެންމެން ޝާމިލްވާ މުޖުތަމައެއްގައި ހުރަހެއްނެތި އެންމެނަށް ފުރުސަތު ލިބެން ޖެހޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ބްރެއިލް ދުވަހާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ، އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާ ކުރެވޭނީ އެ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މައުލޫމާތާއި ފުރުސަތުތައް ލިބިގެން ކަމަށެވެ.

ހަމައެއާއެކު ރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނީ، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް ކޮންމެ ނިންމުމެއްވެސް އެންމެން ޝާމިލުވާ ގޮތަށް ނިންމަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެންމެންނަށް ފުރުސަތުތައް ފަހިކޮށްދީ އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމަށް މަސައްކަތް ކުރަށްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ގޮތުން ބްރެއިލް ދުވަސް ފާހަގަކުރަން ފެށީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމުގައި ބްރެއިލްގެ ބާރާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް، ބްރެއިލްގެ ބާނީ ލުއީސް ބްރެއިލްގެ އުފަންދުވަހާ ގުޅުވައިގެންނެވެ.

ބައިނަލްއަގުވާމީ ބްރެއިލް ދުވަހަކީ 2019 އިން ފެށިގެން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.



ކިޔުންތެރިންގެ ހިޔާލު