ބެންގަލޫރަށް ނިސްބަތްވާ ޓެކްނީޝަނަކު އާރޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އޭނާގެ ހެލްމެޓު ޓްރެފިކް ޕޮލިސް ޑިވައިސް އަކަށް ބަދަލުކޮށްފިއެވެ.
އޭނާ މި ހެލްމެޓު ހަދާފައިވަނީ ބެންގަލޫރުގެ ޓްރެފިކް މައްސަލަތައް ބޮއްސުންލައިގެންގޮސްފައިވާތީ، އެކަމާމެދު ހިތްހަމަނުޖެހިގެންނެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޕަންކަޖް ތަންވާރު ނަމަކަށް ކިޔާ މި ޓެކްނީޝަން ބުނީ އޭނާ މި ހެލްމެޓު ތައްޔާރު ކުރީ މަގުމަތީގައި އުޅޭ ބައެއް މީހުންގެ އުޅުން ހުންނަ ގޮތުން ކަމަށެވެ. އެހެންވެ އޭއައި ބޭނުން ކޮށްގެން އޭނާގެ ހެލްމެޓު ޓްރެފިކް ބަލަހައްޓާ ޑިވައިސް އަކަށް ހެދީ ކަމަށް ވަނީ ބުނެފައެވެ.
އޭނާ ބުނީ ހެލްމެޓުގައި ހުރި އޭއައި ފީޗަރުން ޓްރެފިކް މައްސަލަތައް ދެނެގަނެ، ފުލުހުންނަށް ރިޕޯޓު ފޮނުވާ ކަމަށެވެ. އަދި އެ ސިސްޓަމުން އެކަމެއް ހިނގި ވަގުތު އެނގޭނެ ކަމަށާއި، އެއިން ޓްރެފިކް ވައޮލޭޓުކުރާ މީހުންގެ ފޮޓޯވެސް ނަގާ ކަމަށެވެ. އަދި އެމީހުންގެ ލޮކޭޝަނާއި، ނަމްބަރު ޕްލޭޓު ވަގުތުން ފުލުހުންނަށް ފޮނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ޕޯސްޓުގައި އޭނާ ވަނީ ޓްރެފިލް ރޫލްތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ބެންގަލޫރުގެ މީހުންނަށް އިލްތިމާސްވެސް ކޮށްފައެވެ. އެހެންނޫންނަމަ ހިތާމަ ކުރަން ޖެހިދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ ވަނީ އެ ހެލްމެޓު މަސައްކަތް ކުރާ ކަމުގެ ހެކި ދެއްކުމުގެ ގޮތުން ހެލްމެޓެއް ނާޅާ ސްކޫޓަރު ދުއްވި މީހެއްގެ ފޮޓޯވެސް ހިއްސާކޮށްފައެެވެ. އަދި ސިސްޓަމުން އެ މީހާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރި ކަމުގެ ހެކިވެސް ދައްކާފައެވެ.
އޭނާގެ މި އުފެއްދުން ވައިރަލް ވެފައި ވާއިރު ވަރަށް ގިނަ ބަޔަކު ވަނީ އެއަށް ތައުރީފް ކޮށްފައެވެ. އަދި މިއީ ވަރަޢް ރަނގަޅު ހިޔާލެއް ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު