މެންބަރު އަބްދުލް ރަހުމާން
މެންބަރު އަބްދުލް ރަހުމާން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަނީ 50 ޕަސެންޓް ނުލިބުނަސް ވެރިކަމަށް އާދެވޭގޮތްހަދަން ކަމަށް މެންބަރު އަބްދުލް ރަހުމާން ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީއަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާމެދު ކަންބޮޑުވުން ފާޅުކުރަށްވަމުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުލް ރަހުމާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، ވޯޓުގެ 50 އިންސައްތަ ނުލިބުނު ކަމުގައި ވިޔަސް ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނުތައް ބަދަލުކޮށްގެން ހޯދޭނެ ކާމިޔާބީއެއް ނެތް ކަމަށެވެ.

ދައުލަތުގެ ވަސީލަތްތަކާއި ބާރުގެ ނަހަމަ ބޭނުންކޮށް، ވަޒީފާއާއި ފައިސާ ބަހައިގެން ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، މިފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ ތާއީދު ގެއްލި، އިންތިހާބުގެ ފުރަތަމަ ބުރުން ވެސް 80 އިންސައްތަ ވޯޓުން ބަލިވާނެ ތަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް އައްދު ވިދާޅުވިއެވެ.





މީގެ އިތުރުން، ރައްޔިތުންނަށް ބިރުދައްކައި، އަސާސީ ބޭނުންތަކަށް އިހުމާލުވެ، ހަމައެކަނި "ގަރުދިޔަ" ކާންދީގެން ވެރިކަން ދެމެހެއްޓޭނެ ކަމަށް ގަބޫލުކުރުމަކީ ކުށްހީއެއް ކަމަށް އަބްދުލް ރަހުމާން ވިދާޅުވިއެވެ.

އައްދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބު އެކީ ބާއްވަން މިސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު